މިނިވަން ނޫހުގެ ނޫސްވެރިޔާ މ. ޝައިނިންގް ސްޓާ، އަހުމަދު ރިޟްވާން އަބްދުﷲ ގެއްލުނު މައްސަލާގައި ފުލުހުން ހައްޔަރު ކުރި ހަތަރު މީހުންގެ ތެރެއިން، ބަންދުގައި ހުރި ހަމައެކަނި މީހާގެ ބަންދުގެ މުއްދަތު ތިން ވަނަ ކްރިމިނަލް ކޯޓުން އިތުރުކޮށްފި އެވެ.

ރިޟްވާން ގެއްލުނު މައްސަލާގައި ހައްޔަރު ކުރި ހަތަރު މީހުންގެ ތެރެއިން، ތިން މީހަކު ވަނީ ބަންދުން މިނިވަންކޮށްފައިވާއިރު، ފުލުހުންގެ ހައްޔަރުގައި މިހާރު ހުރީ 25 އަހަރުގެ މީހެކެވެ. އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން މިއަދު ވަނީ 10 ދުވަސް ޖަހައިދީފަ އެވެ. މި މަހުގެ ހަތަރު ވަނަ ދުވަހު އޭނާގެ ބަންދުގެ މުއްދަތަށް ވަނީ ހަތް ދުވަސް ޖަހައިދީފަ އެވެ.

ރިޟްވާން ގެއްލިގެން ހޯދަމުންދާތާ މިއަދަށް 69 ދުވަސް ވެއްޖެ އެވެ. އޭނާ ގެއްލުނީ އޮގަސްޓް 8، 2014 ގަ އެވެ.