15 Oct 2014, 14:57
އުރީދޫ މޯލްޑިވްސް އިން މިދިޔަ ޖުލައި މަހު އިއުލާންކުރި ނެޓްވޯކް މޮޑަނައިޒޭން ޕްރޮޖެކްޓް ކާމިޔާބުކަމާއެކު ނިންމާލައި ރާއްޖޭގެ އާބާދީގެ 95 އިންސައްތަ އަށް ތްރީޖީ ޕްލަސް ނެޓްވޯކް ފުޅާކޮށްފި އެވެ.
އުރީދޫ އިން ބުނީ އެ ޕްރޮޖެކްޓްގެ ދަށުން އިތުރު 64 ރަށެއްގައި އުރީދޫގެ އެންމެ ފުރިހަމަ ތްރީޖީ ޕްލަސް ނެޓްވޯކް މެދުވެރިކޮށް ކަސްޓަމަރުންނަށް އެންމެ ފުރިހަމަ ސްޕީޑާއެކު ފުރިހަމަ ކަނެކްޓިވިޓީ އިތުރު ފުރިހަމަކަމާއެކު މިހާރު ތަޖުރިބާ ކުރެވޭނެ ކަމަށެވެ.
އުރީދޫގެ ސީއީއޯ ވިކްރަމް ސިންހަ ވިދާޅުވީ މިހާރު ރާއްޖޭގެ 95 އިންސައްތަ އަށް ތްރީޖީ ޕްލަސް ނެޓްވޯކް ލިބޭނެ ކަމަށާއި އޭގެ ސަބަބުން ކަސްޓަމަރުންގެ ދިރިއުޅުމަށް ބޮޑު ބަދަލަކާއެކު ފަސޭހަތަކެއް ލިބެން ފަށާފައިވާ ކަމަށެވެ.
"އޮންލައިން އެޑިއުކޭޝަން މެދުވެރިކޮށް އިލްމު އުނގެނުމާއި ވިޔަފާރިތައް އޮންލައިންކޮށް އިތުރަށް ފުޅާވެގެން އެބަދޭ. އުރީދޫ އިން އަބަދުވެސް މީހުންގެ އުންމީދުތައް ފުރިހަމަކޮށްދޭން އެހީތެރިވެދޭ ޕާޓްނަރެއްގެ ގޮތުގައި ދެމިތިބޭނަން،" އުރީދޫގެ ސީއީއޯ ވިދާޅުވި އެވެ.
ތްރީޖީ ޕްލަސް ނެޓްވޯކް ރާއްޖޭގެ ބޮޑުބަޔަކަށް ފުޅާކޮށްފައިވާ އިރު އުރީދޫއިން މިހާރު ވަނީ ފޯޖީ އެލްޓީއީ ނެޓްވޯކް ފުޅާކުރުމުގެ ޕްރޮޖެކްޓެއް ވެސް ފަށާފަ އެވެ. އެގޮތުން ކ. މާފުއްޓަށް މިހާރު ވަނީ ފޯޖީ އެލްޓީއީ ނެޓްވޯކް ފުޅަކޮށްފަ އެވެ.