15 Oct 2014, 13:46
ދުނިޔޭގެ އެންމެ މޮޅު ފޯވާޑުން ތިބީ މެންޗެސްޓާ ޔުނައިޓެޑްގައި ކަމަށް އެ ޓީމުގެ މިޑްފީލްޑަރު އެންޑާ ހެރޭރާ ބުނެފި އެވެ.
މެންޗެސްޓާގެ އަގުބޮޑު ފޯވާޑުންގެ ތެރޭގައި ރަޑަމެލް ފަލްކައޯ އާއި ރޮބިން ވެން ޕާސީ އަދި ވޭން ރޫނީ ހިމެނެ އެވެ.
ހެރޭރާ ބުނީ އޭނާ ދެކޭ ގޮތުގައި ދުނިޔޭގެ އެންމެ މޮޅު ތިން ފޯވާޑުން ޔުނައިޓެޑްގައި ތިބިއިރު އެ ކުޅުންތެރިންނަށް ގޯލު ގޯލްޖެހުމުގައި އޭނާ އެހީތެރިވެދޭނެ ކަމަށެވެ.
"އަހަރެން ހިތްހަމަ ޖެހޭ އެސިސްޓު ކޮށްދީގެން ވެސް. އަހަރެން ގަބޫލު ކުރާ ގޮތުގައި މިހާރު ދުނިޔޭގެ އެންމެ މޮޅު ތިން ފޯވާޑުން ކަމަށްވާ ރޫނީއާއި ފަލްކައޯ އަދި ވެން ޕާސީ އެ ތިބީ މި ޓީމުގައި. އަހަރެމެން ބަލާނަން އެ ކުޅުންތެރިން ގޯލްޖަހަން އެހީތެރި ވެވޭތޯ،" ހެރޭރާ ބުންޏެވެ.
ހެރޭރާ ބުނީ މިހާރު އޭނާ ކުޅެމުން އަންނަ ޕްރިމިއާ ލީގަކީ ވަރުގަދަ ލީގެއް ކަމަށާއި އެ ލީގުގައި އުނދަގޫ ޓީމު ތަކާއި ކުރިމަތި ލާން ޖެހޭ ކަމަށެވެ.
"ޕްރިމިއާ ލީގަކީ ވަރަށް ރަނގަޅު ލީގެއް. ސަޕޯޓަރުން ރަނގަޅު ލީގެއް. އަދި އަވަސް ލީގެއް. މި ލީގުގައި ވަރަށް އުނދަގޫ ޓީމު ތަކާއި ކުރިމަތި ލާން ޖެހޭ. ޗެލްސީއާއި ލިވަޕޫލާއި އާސެނަލް ފަދަ ޓީމު ތަކަކީ ވަރަށް މޮޅެތި ޓީމުތަކެއް،" ހެރޭރާ ބުންޏެވެ.