އިނގިރޭސިވިލާތުގެ މީހަކު ގެންގުޅުނު ވާހަކަ ދައްކާ ގުރައެއް (އެފްރިކަން ގްރޭ)އެއް ގެއްލުނުތާ ހަތަރު އަހަރު ފަހުން އޭގެ ވެރިޔާ އަށް ވަނީ ލިބިފަ އެވެ.

ޑެއިލީ ބްރީޒް ނޫހުން ބުނީ ޓޮރޭންސްގެ ރައްޔިތެއް ކަމަށްވާ ޑެރެން ޗިކްގެ ނިގެލް ނަމަކަށް ކިޔާ ގުރާ ގެއްލުނު އިރު އޭއްޗަށް ވާހަކަ ދައްކަން ދަސްކޮށްދީފައި ވަނީ އިނގިރޭސި ބަހުން އިނގިރޭސިވިލާތުގެ ބަހުރުވައިން ކަމަށެވެ. ނަމަވެސް އޭތި ހަތަރު އަހަރު ފަހުން އަނބުރައި ލިބުނު އިރު ވާހަކަ ދައްކަނީ ސްޕެއިން ބަހުން ކަމަށް ވެސް އެނޫހުން ބުންޏެވެ.
ގުރާ އަނބުރާ ލިބުނީ އޭތި ގެއްލިގެން ޗިކް އޮންލައިން އިޝްތިހާރުތަކެއް ކުރަމުން ދަނިކޮށް ޓޮރެންސްގެ ހެޕީ ޓެއިލްސް ޑޯގް ސްޕާ ކިޔާ ކުންފުންޏެއްގެ މީހުންނަށް އޭތި ފެނިގެން ގެނައުމުންނެވެ.

ހެޕީ ޓެއިލްސް ޑޯގް ސްޕާގެ ޖުލީސާ ސްޕާލިން ބުނެފައިވާ ގޮތުގައި ނިގެލް ފެނުނު އިރު އޭތި ދިޔައީ ނަށައި ވާހަކަ ދައްކައި ހަދަމުން ކަމަށެވެ. އަދި އޭގެ ވެރިޔާއަށް ރައްދުކުރުމަށް ޓަކައި ކޮށްޓެއްގައި ބަންދު ކުރުމުން އޭތި ދިޔައީ ވާހަކަ ދައްކަމުންނެވެ. އެގޮތުން އޭތި ބުނަމުން ދިޔައީ އެއީ ޕެނަމާއަށް ނިސްބަތްވާ އެއްޗެސް ކަމަށް ސްޕާލިން ބުނެފައިވެ އެވެ.