15 Oct 2014, 11:00
ހަތްދިހައިގެ އަހަރުތަކުގައި އާއްމުންގެ ބޮޑު މަގުބޫލުކަން ހޯދައިފައިވާ މަޝްހޫރު އޮލިމްޕިއަންސް ބޭންޑާ އެކު ރާއްޖޭގައި މިހާރު ކުރިއަރަމުން އަންނަ ޒުވާން ލަވަކިޔުންތެރިން ގުޅިގެން ބާއްވާ ޝޯ އިން ލިބޭ ފައިސާ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ހަދިޔާ ކުރުމަށް ނިންމާފައިވާ ކަމަށް ނެޝެނަލް ސެންޓަ ފޯ ދި އާޓްސް (އެންސީއޭ) އިން ބުނެފި އެވެ.
މިމަހުގެ މިމަހުގެ 21 އިން 22 ގެ ނިޔަލަށް އޮލިމްޕަހުގައި ބާއްވާ އެ ޝޯތަކުގައި އޮލިމްޕިއަންސްގެ ބޭންޑާ އެކު ރާއްޖޭގައި މިހާރު ކުރިއަރަމުން އަންނަ މަޝްހޫރު ޒުވާން ލަވަކިޔުންތެރިންގެ ލަވަތައް ހުށަހަޅައިދޭނެ އެވެ.

އޮލިމްޕިއަންސްގެ ޝޯ ލޯންކުރުމަށް ރޭ ނޭޝަނަލް އާޓް ގެލަރީގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --
އެ ޝޯ ލޯންޗްކުރުމަށް ނެޝެނަލް އާޓް ގެލެރީގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ނޫސްވެެރިންނަށް މައުލޫމާތު ދެއްވަމުން ޔޫތު މިނިސްޓްރީގެ ކޯޑިނޭޓަރު އަހުމަދު ނާޒިމް (ހެރިންސް އައްމަޑޭ) ވިދާޅުވީ އެ ޝޯގެ ބޭނުމަކީ ނުކުޅެދުންތެރިކަން ހުންނަ ކުޑަކުދިންނަށް ކޮންމެ ވެސް ވަރެއްގެ އެހީތެރިކަމެއް ފޯރުކޮށްދިނުން ކަަމަށެވެ. ނަމަވެސް ހަދިޔާ ކުރަން ނިންމާފައި ވަނީ ޝޯއިން ލިބޭ ކިހާ ފައިސާއެއް ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.
އެންސީއޭގެ ކޯޑިނޭޓަރު އަބްދުﷲ މުއާޒް މިއަދު ވިދާޅުވީ މިއަދުން ފެށިގެން އެ ޝޯ އަށް ވަނުމަށް ބުކިންސް ހެއްދޭނެ ކަމަށެވެ. ޝޯގެ ޓިކެޓް ވިއްކުމަށް ހަމަޖައްސާފައި ވަނީ 150 ރުފިޔާ އަށެވެ.

އޮލިމްޕިއަންސްގެ ޝޯ ލޯންކުރުމަށް ރޭ ނޭޝަނަލް އާޓް ގެލަރީގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --
އެ ޝޯގެ މެއިން ސްޕޮންސަރަކަށް ހަމަޖައްސާފައި ވަނީ އެސްޓީއޯ އެވެ.
ރޭގެ އެ ރަސްމިއްޔާތުގައި ވަނީ ކުޑަކުދިންނަށް އެހީތެރިވުމާ ގުޅޭ ގޮތުން އޮލިމްޕިއަންސް ބޭންޑްއާ އެކު މިހާރުގެ ފަންނާނުން ކިޔާދީފައިވާ ލަވައެއް ހުށަޙަޅައިދީފަ އެވެ.

އޮލިމްޕިއަންސްގެ ޝޯ ލޯންކުރުމަށް ރޭ ނޭޝަނަލް އާޓް ގެލަރީގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --
އޮލިމްޕިއަންސް އާ އެކު ލަވަ ހުށަހަޅައިދޭ ޒުވާން ފަންނާނުންގެ ތެރޭގައި ސަގާފީ ބޮޑު ބެރަށް އިންގިލާބެއް ގެނެސްދިން ހަރުބީގެ މަޝްހޫރު ލަވަކިޔުންތެރިޔާ އިބްރާހިމް މަމްދޫހު (މަންޑޭ) އާއި މަޝްހޫރު ޒުވާން އަންހެން ލަވަކިޔުންތެރިޔާ މީރާ މުހައްމަދު މާޖިދު އާއި މުހައްމަދު އަބްދުލްގަނީ (ތޭރަވާ) އާއި އިބްރާހީމް އަލީ (ކުޑަ އިއްބެ) އާއި އަހުމަދު އިބްރާޙިމް (އަންމަޑޭ) ލަމްހާ ލަތީފު އާއި ސަމާހާ މޫސާ އާއި ޔާމީން ރަޝީދުގެ އިތުރުން ދަ ފައިވްގެ ޒުވާން ލަވަކިޔުންތެރިޔާ ޝައްމޫން މުހައްމަދު ވެސް ހިމެނެ އެވެ.
މީގެ އިތުރުން އޮލިމްޕިއަންސް ބޭންޑްގެ ކުރީގެ ލަވަކިޔުންތެރިއެއް ކަމުގައިވާ އަބްދުއް ރައޫފު ވެސް އެ ޝޯގައި ބައިވެރިވާނެ އެވެ.