15 Oct 2014, 10:33
އެބޯލާއާ ދެކޮޅަށް ކުރަމުން އަންނަ މަސައްކަތަށް އެހީވުމުގެ ގޮތުން ފޭސް ބްްކުގެ ޗީފް އެެގްޒެކެޓިވް މާކް ޒަކަބާގާއި އޭނާގެ އަނބިކަނބަލުން ޕްރިސިއްލާ ޗާން، 25 މިލިއަން ޑޮލަރު ދީފި އެވެ.
މާކް ޒަކަބާއާ ހަވާލާދީ ރޮއިޓާސް އިން އިއްޔެ ބުނީ ސެންޓާ ފޯ ޑިސީސް ކޮންޓްރޯލް ފައުންޑޭޝަނަށް އެ ފައިސާ ހަދިޔާ ކުރީ އެބޯލާ ފެތުރުން ކޮންޓްރޯލް ކުރުމަށް ކުރާ މަސައްކަތަށް އެހީތެރިވުމުގެ ގޮތުން ކަމަށެވެ.
"އަހަރުން ބޭނުން ވަނީ އެބޯލާ އިތުރަށް ނުފެތުރި ޕޯލިއޯ އާއި އެޗުއައިވީ ފަދަ އިން ކޮންޓްރޯލުވުން،" ޒަކަބާ ވިދާޅުވި އެވެ.
މި އަހަރުގެ މާޗު މަހު ފުރަތަމަ ގިނީގައި ފެތުރެން ފެށި އެބޯލާގައި މިހާތަނަށް ވަނީ 8،914 މީހުންނަށް އެބަލި ޖެހި، 4،447 މީހުން ވަނީ މަރުވެފަ އެވެ.
އެބޯލާއާ ދެކޮޅަށް ކުރާ މަސައްކަތަށް އެހީތެރިވުމުގެ ގޮތުން މައިކްރޮސޮފްޓްގެ ބާނީ ބިލް ގޭޓްސްގެ ދެކަނބަލުން ވެސް ވަނީ 50 މިލިއަން ޑޮލަރު ދިނުމަށް ނިންމައިފަ އެވެ.