ސަރުކާރާއި ރައްޔިތުން ހިއްސާވާ ވިޔަފާރި ކުންފުނި އެސްޓީއޯ އިން ޑީސަލާއި ޕެޓްރޯލް ވިއްކާ އަގު މިއަދުން ފެށިގެން ހެޔޮކޮށްފި އެވެ.

އެސްޓީއޯ އިން މިއަދު ވަނީ ޑީސަލް އާއި ޕެޓްރޯލް ލީޓަރަކުން 1.25 ލާރި އަގު ހެޔޮކޮށްފަ އެވެ.

އެ ބަދަލާ އެކު ކުރިން 16.37 އަށް ވިއްކި ޕެޓްރޯލް ލީޓަރެއް މިހާރު އެސްޓީއޯ އިން ވިއްކަނީ 15.12 ރުފިޔާ އަށެވެ. އަދި ކުރިން 16.08 ރުފިޔާ އަށް ވިއްކި ޑީސަލް ލީޓަރެއް މިހާރު ވިއްކަނީ 14.83 ރުފިޔާ އަށެވެ.

އެސްޓީއޯ އިން މިއަދު ބުނީ ތެލުގެ އަގަށް ބަދަލުގެނައީ ދުނިޔޭގެ ބާޒާރުގައި ތެލަށް އައި ބަދަލާ އެކު އެންމެ ފަހުން އެތެރެކުރި ޝިޕްމަންޓްގެ އަގުހެޔޮވެފައި ވާތީ ކަމަށް އެސްޓީއޯ އިން ބުންޏެވެ.