14 Oct 2014, 15:14
ވ. ރަކީދޫ ކައުންސިލް އިދާރާގެ ތިޖޫރީ ފަޅާލައި މިލިއަނަކަށް ވުރެ ގިނަ ރުފިޔާ ވަގަށް ނެގި މައްސަލައިގެ ތުހުމަތު ކުރާ ތިން މީހުންގެ މައްޗަށް ދައުވާ ކުރަން ޕީޖީ އޮފީހަށް ފޮނުވައިފި އެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި އެ މައްސަލާގައި ތިން މީހެއްގެ މައްޗަށް ދައުވާ ކުރަން ޕީޖީއަށް ފޮނުވާފައި ވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހު އެވެ.
މިދިޔަ ޖޫން މަހުގެ 26 ވަނަ ދުވަހު ރަކީދޫ ކައުންސިލް އިދާރާ ފަޅާލައި މިލިއަނަކަށް ވުރެ ގިނަ ރުފިޔާ ވަގަށް ނެގި މައްސަލައާ ގުޅިގެން ފުލުހުން މިހާތަނަށް ހޯދާފައި ވަނީ 1،071،500 ރުފިޔާ އެވެ. ނަމަވެސް އެއީ ގެއްލުނު އިރު ތިޖޫރީގައި ހުރި ރުފިޔާގެ ޖުމްލަ އަދަދު ކަމެއް ސާފެއް ނުވެ އެވެ.
ވައްކަމުގެ އެ މައްސަލައާ ގުޅިގެން ހަތަރު މީހަކު ހައްޔަރު ކުރި ނަމަވެސް އެ މައްސަލައިގައި ތުހުމަތު ކުރި ހައްޔަރު ކުރި އެކަކު ވަނީ ދޫކޮށްލާފަ އެވެ.
އަދި އޭނާގެ މައްޗަށް ދައުވާ ކުރަން ފޮނުވާފައެއް ނުވެ އެވެ.