14 Oct 2014, 13:55
ރައްޔިތުން މަޖިލީހުގެ ތަޅުމުގައި ކުރާނެ މަސައްކަތެއް ނެތުމުން މަދަމާ ޖަލްސާ ނުބާއްވާ ގޮތަށް ނިންމައިފި އެވެ.
މިއަދުގެ ޖަލްސާ ނިންމާލައްވަމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް ރީކޯ މުސާ މަނިކު ވިދާޅުވީ މާދަމާގެ ޖަލްސާ އަށް އެޖެންޑާ ކުރާނެ އެއްވެސް ކަމެއް ނެތުމުން މާދަމާ ޖަލްސާއެއް ނޯންނާނެ ކަމަށެވެ.
"މާދަމާގެ ޖަލްސާ އަށް އެޖެންޑާ ކުރާނެ ކަމެއް ނެތުމުން މާދަމާ ޖަލްސާ ނޯންނާނެ ވާހަކަ ދަންނަވަން،" މޫސަ ވިދާޅުވި އެވެ.
މޫސަ ވަނީ ކޮމެޓީތަކުގެ މުގައްރިރުން ހާއްސަ އިސްކަމެއް ދީގެން ކޮމެޓީތަކުގެ މަސައްކަތްތައް ނިންމުމަށް ވެސް ކިބައިން އެދިވަޑައިގެންފަ އެވެ.
މި އަހަރުގެ ތިން ވަނަ ދައުރުގެ ފުރަތަމަ ޖަލްސާ އިއްޔެ ބޭއްވި އިރު އެއްވެސް ބިލެއް މަޖިލީހަށް ހުށަހެޅި ބަހުސް ކޮށްފައެއްނުވެ އެވެ. އަދި މިއަދުގެ ޖަލްސާގައި ވެސް ގިނަ ވަގުތު ދިޔައީ ކުރާނެ މަސައްކަތެއް ނެތި އެވެ.
މަޖިލީހުގެ ގަވައިދުގައިވާ ގޮތުގެ މަތީން ކޮންމެ ހަފްތާއަކު ތިން ދުވަހު މަޖިލީހުގެ ޖަލްސާތައް ބާއްވަން ޖެހެ އެވެ.