ހާއްސަ އެހީއަށް ބޭނުންވާ މީހުންހުންގެ ހާއްސަ ތަކެތި ވިއްކާ ފިހާރައެއް މާލޭގައި ހުޅުވައިފި އެވެ.

އައިޖީއެމްއެޗް ކައިރީގައި ހުޅުވި ލައިފް ސަޕޯޓް ފިހާރަ -- ސަން ފޮޓޯ ފަޔާޒު މޫސާ

އައިޖީއެމްއެޗު ކައިރީގައި ހުޅުވި "ލައިފް ސަޕޯޓް" ނަމަކަށް ކިޔާ އެ ފިހާރަ ހުޅުވައި ދެއްވީ އިއްޔެ މެންދުރު އެ ފިހާރަ ހުޅުވުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފު އެވެ.
އައިޖީއެމްއެޗް ކައިރީގައި ހުޅުވި ލައިފް ސަޕޯޓް ފިހާރަ -- ސަން ފޮޓޯ ފަޔާޒު މޫސާ

ލައިފް ސަޕޯޓް ޕްރައިވެޓް ލިމިޓެޑްގެ އޮފިޝަލަކު ވިދާޅުވީ އެ ފިހާރައަކީ ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ހާއްސަކޮށް ހުޅުވާފައިވާ ފިހާރައެއް ކަމަށާއި އެ ފިހާރައިގައި ފާމަސީއެއް ވެސް ވަނީ ގާއިމްކޮށްފައިވާ ކަމަށެވެ.

އަލަށް ހުޅުވި މި ފިހާރާގައި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ބޭނުންވާ ވީލް ޗެއާއިން ފެށިގެން ވޯކާސް އާއި ބަލި މީހުންނަށް ބޭނުންވާ ވޯޓާ މެޓްރެސް ހިމެނެ އެވެ. މީގެ އިތުރުން ކިޑްނީ އާއި ކެންސަރު އަދި ޑައިބެޓީޒް މީހުންނަށް ހާއްސަ ކިރެއް ވެސް އެ ފިހާރައިން ގަންނަން ލިބެން ހުރެ އެވެ.
އައިޖީއެމްއެޗް ކައިރީގައި ހުޅުވި ލައިފް ސަޕޯޓް ފިހާރަ -- ސަން ފޮޓޯ ފަޔާޒު މޫސާ

މިއީ ލައިފް ސަޕޯޓް ޕްރައިވެޓް ލިމިޓެޑް އިން މާލޭގައި ހުޅުވި ތިން ވަނަ ފިހާރަ އެވެ. އެ ކުންފުނީގެ ފާމަސީއެއް އައިޖީޢެމްއެޗްގައި ވެސް ވަނީ ހުޅުވައިފަ އެވެ. އަދި މިއީ މިހާތަނަށް އެ ކުންފުނިން ރާއްޖޭގައި ހުޅުވި ހަތް ވަނަ ފިހާރަ އެވެ.