14 Oct 2014, 11:06
ޝަރީއަތް މެދުވެރިކޮށް ކަނޑައެޅޭ އަގެއް ދޭ ގޮތަށް ސަރުކާރަށް ބޭނުންވާ ބައެއް އެއްޗެހި ގަނެވޭގޮތައް އޮތް ގާނޫނު އުވާލުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.
އުވާލުމަށް ސަރުކާރުގެ ފަރާތުން ހުށަހެޅި އެ ގާނޫނަކީ 1977 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްގެން އަމަލު ކުރަމުން އަންނަ ގާނޫނެކެވެ.
އެންމެ މާއްދާއެއް އެކުލެވޭ އެ ގާނޫނުގައި ވަނީ އެކިއެކި ފަރާތްތަކުން ވިއްކާ އެއްޗެހީގެ ތެރެއިން ސަރުކާރަށް ބޭނުންވާ އެއްޗެހި އެކަށީގެންވާ ވަރަށް ވުރެ އަގުބޮޑުކޮށް ވިއްކަން އުޅޭނަމަ މިނިސްޓްރީ އޮފް ޖަސްޓިހުން ނުވަތަ ހައިކޯޓުން ކަނޑައަޅާ އަގެއް ދިނުމަށްފަހު ސަރުކާރަށް ހުށަހެޅިދާނެ ކަމަށެވެ.
އެ ގާނޫނު އުވާލުމަށް ފާސްކޮށްފައިވަނީ 52 މެމްބަރުންގެ ވޯޓުންނެވެ. އަދި އެ ބިލް ފާސްކުރުމާއި ދެކޮޅަށް އެއްވެސް މެމްބަރަކު ވޯޓު ދެއްވާފައިނުވާއިރު ވަކި ކޮޅަކަށް ވޯޓު ނުދެއްވައި ހަތަރު މެމްބަރުން ތިއްބެވި އެވެ.
'
އިއްޔެ ބޭއްވި ރައްޔިތުން މަޖިލީހުގެ ތިން ވަނަ ދައުރުގެ ފުރަތަމަ ޖަލްސާގައި ވޯޓަށް އަހާފައިވަނީ ހަމަ އެކަނި އެ ގާނޫނު އުވާލުމަށެވެ.