14 Oct 2014, 10:44
އާންމުންގެ ލޯތަކަކަށް ގެއްލުނުތާ ހަ ހަފްތާ އަށް ފަހު އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން ޔުން "އަސާ"އަކާ އެކު ސްޓޭޓް ޓީވީ މެދުވެރިކޮށް އިއްޔެ އާންމުންނަށް ފެނިލައި، ކިމް ގެއްލިއްޖެ ކަމަށް މުޅި ދުނިޔޭގައި ދައްކާ ވާހަކަ އަށް ނިމުން ގެނެސްފި އެވެ.
އެސޯސިއޭޓް ޕްރެސް (އޭޕީ) އިން އިއްޔެ ބުނީ އަލަށް އިމާރާތް ކުރާ ސައިންޓިސްސްޓް، ރެސިޑެންސަށް ވަޑައިގެން އިރުޝާދު ދެއްވުމަށް ކިމް ހިންގަވާފައިވާ ވަޑައިގަންނަވާތަން އާންމުންނަށް ފެނިފައިވާ ކަމަށެވެ.
ކިމްގެ އެ ފެނިލުމަކީ ސެޕްޓެމްބަރު މަހު 3 ވަނަ ދުވަހު ޝޯއެއް ބެއްލުވުމަށް އަނބިކަނބަލުންނާ އެކު އާޓު ތިއޭޓާއެއްގައި އިންނެވުމަށް ފުހު އާންމުންނަށް ފެނު ފުރަތަމަ ފަހަރެވެ.
ކޮރެއަން ނިއުސް އެޖޭންސީ އިން ބުނީ އަލަށް ހަދާ އިމާރާތްތައް ކިމް ބައްލަވާލެއްވި ކަމަށާއި އަދި މަސައްކަތް ހިނގާ ގޮތާ މެދު ލީޑަރު ހިތްޕުޅު ހަމަޖެހޭ ކަމަށް ވިދާޅުވި ކަމަށެވެ.
ކިމް ވަނީ ނޭޗުރަލް އެނާޖީ އިންސިޓިއުޓަށް ވެސް އިއްޔެ ޒިޔާރަތް ކުރައްވައިފަ އެވެ.
ބޭރުގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ކިމް 40 ދުވަސް ވަންދެން އާންމުންގެ ލޯމައްޗަށް ގެއްލުމަށް ފަހު ކުއްލި އަކަށް ފެނުނީ އާންމުންގެ ލޯބި ހޯދައި އަދި ތިން ޖެނެރޭޝަންވަންދެން ކިމްގެ އާއިލާ އިން ކޮރެއާގެ ވެރިކަން ހިންގަވަން ގެއްގުޅުއްވާ ޕްރޮޕެގެންޑާގެ ބައެއްގެ ގޮތުގަ އެވެ.