14 Oct 2014, 10:11
އެކްސެލް އެނާޖީ ޑްރިންކް އިންޓަ އޮފީސް ނެޓްބޯޅަ މުބާރާތުގައި ރޭ ކުޅުނު ގްރޫޕް ބީގެ ދެވަނަ މެޗުގައި އެޓާނީ ޖެނެރަލްގެ އޮފީހުގެ ޓީމާ ވާދަކޮށް ފިޝަރީޒް މިނިސްޓްރީގެ ޓީމު ފަސޭހަކަމާއެކު މޮޅުވެއްޖެ އެވެ.
ރޭގެ މެޗު ފިޝަރީޒް މިނިސްޓްރީން ކާމިޔާބުު ކުރީ 13-34 ޕޮއިންޓުންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް އެ ޓީމުގެ އާއިޝަތު އިފާގާ އެވެ.
ފިޝަރީޒް މިނިސްޓްރީގެ ޓީމު ދެން ކުޅޭ މެޗުގައި މާދަމާ ރޭ ކަސްޓަމްސްއާ ދެކޮޅަށް ނުކުންނައިރު އެޓާނީ ޖެނެރަލް އޮފީހުގެ ޓީމުން ވެސް ދެން ކުޅޭ މެޗުގައި ބުރާސްފަތި ދުވަހުގެ ރޭ ނުކުންނާނީ ކަސްޓަމްސްއާ ދެކޮޅަށެވެ.
ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށްދާ މި މުބާރާތުގައި ކޮންމެ ގްރޫޕެއްގައި ހަ ޓީމު ހިމެނެއެވެ. ގްރޫޕް އޭގައި ހިމެނޭ ޓީމްތަކަކީ އެމްއެންޑީއެފް، ދިރާގު، ބީއެމްއެލް، ޖެންޑާ މިނިސްޓްރީ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ އިތުރުން މިނިސްޓްރީ އޮފް ހައުސިންގް އެވެ. އަދި ގްރޫޕް ބީގައި ހިމެނެނީ ފިނޭންސް މިނިސްޓްރީއާއި ކަސްޓަމްސްއާއި ހައުސިން ޑިވެލޮޕްމެންޓާއި މީރާއާއި އެޓާނީ ޖެނެރަލް އޮފީހާއި ފިޝަރީސް މިނިސްޓްރީ އެވެ.