14 Oct 2014, 10:00
ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑީވްސް އިން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ އެކްސެލް އެނާޖީ ޑްރިންކް އިންޓަ އޮފީސް ނެޓްބޯޅަ މުބާރާތުގައި މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ބައްދަލު ކުރި މެޗުން ދެ ޓީމު އެއްވަރު ވެއްޖެ އެވެ.
ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މެޗު 25-25 ޕޮއިންޓުން ދެޓީމު އެއްވަރުވެގެން ނިމިފައިވާއިރު އެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އެޗްޑީސީގެ ރަޝީދާ މޫސާ އެވެ.
މި މުބާރާތުގެ ގްރޫޕް ބީގައި ހަ ޓީމެއް ހިމެނެ އެވެ. އެއީ ފިނޭންސް މިނިސްޓްރީއާއި ކަސްޓަމްސްއާއި ހައުސިން ޑިވެލޮޕްމެންޓާއި މީރާއާއި އެޓާނީ ޖެނެރަލް އޮފީހާއި ފިޝަރީސް މިނިސްޓްރީ އެވެ.
މީރާއިން ދެން ކުޅޭ މެޗުގައި މާދަމާރޭ ބައްދަލު ކުރާނީ ފިނޭންސް މިނިސްޓްރީއާ އެވެ. އަދި އެޗްޑީސީ ދެން ކުޅޭ މެޗުގައި ހޮނިހިރު ދުވަހު ނުކުންނާނީ އެޓާނީ ޖެނެރަލްގެ އޮފީހާއި ދެކޮޅަށެވެ.