14 Oct 2014, 09:45
އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގެ ވެބްސައިޓް ހެކްކޮށްފި އެވެ.
އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ޒީނަތު ޢަލީ ހަބީބު މިއަދު ސަން އަށް ވިދާޅުވީ، އައިޖީއެމްއެޗްގެ ވެބްސައިޓް ހެކްކޮށްފައި ވަނީ މިދިޔަ އާދީއްތަ ދުވަހުގެ ރޭ ކަމަށެވެ. އަދި އެ މައްސަލަ ހައްލުކުރުމަށް ހޮސްޕިޓަލުގެ އައިޓީ ޑިޕާޓްމަންޓުން މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
އައިޖީއެމްއެޗްގެ ވެބްސައިޓް ހެކްކޮށްފައިވާ އިރު، މޯލްޑިވްސް ނެޝެނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ ވެބްސައިޓް ވެސް ވަނީ މިދިޔަ ހަފްތާގެ އާދީއްތަ ދުވަހު ހެކްކޮށްފަ އެވެ.