ހެންވޭރުގައި އިމާރާތް ކުރަމުންދިޔަ ގެއެއްގެ މައްޗަށް ކެރޭނެއް ފުރޮޅާލައިފި އެވެ.

މިރޭ 9:25 އެހައިކަންހާއިރު މަޖީދީމަގު، ހެންވޭރުދަނޑު ކުރިމަތީގައި ހިނގި އެ ހާދިސާގައި އެ ސަރަހައްދުގައި އިމާރާތް ކުރަމުންދާ ގެއާއި އެގެއާއި ޖެހިގެން ހުރިގޭގެ ފުރާޅުމައްޗަށް އެ ކެރޭން ވަނީ ފުރޮޅާލާފައެވެ. އާރުކޭއެލްގެ އެ ކެރޭނުގެ ކުރީކޮޅު އެ އިމާރާތުގެ މައްޗަށް ފުރޮޅާލުމުގެ ސަބަބުން ކެރޭނަށް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފަ އެވެ.

އިމާރާތް ކުރަމުންދާ ގެއާއި އެ ގެއާ ޖެހިގެން ހުރި ގޭގެ މައްޗަށް ކެރޭނު ފުރޮޅާލައިފި --- ސަން ފޮޓޯ: އަހްމަދު އާޒިފް
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާ ކަމަށާއި ކެރޭން ނެގުމުގެ މަސައްކަތް ސިފައިންނާ ފުލުހުން ގުޅިގެން ކުރަމުން އަންނަ ކަމަށެވެ.