13 Oct 2014, 13:05
ކުރީގެ ރައީސް މުހައްމަދު ނަޝީދު އައްޑު ސިޓީގައި ހުންނަވާ ގެއަށް ގާ އުކައިފި އެވެ.
ސަން އަށް މައުލޫމާތު ދެއްވަމުން ރައްޔިތުންގެ މަޖިލީހުގެ ހުޅުމީދޫ ދާއިރާގެ ކުރީގެ މެމްބަރު އިލްޔާސް ލަބީބު މިއަދު ވިދާޅުވީ އެ ގެއަށް ގާ އުކާފައި ވަނީ ރޭ ދަންވަރު 1:50 އެހާކަންހާއިރު ރައީސް ނަޝީދު ނިދިކުރައްވާފައި ވަނިކޮށް ކަމަށެވެ.
އޭނާ ވިދާޅުވީ އެ ގެއަށް ގާ އުކާފައި ވަނީ އެ ސަރަހައްދުގެ ޑިއުޓީގައި ފުލުހުން ތިއްބައި ކަމަށާއި ގައު އުކަން ފެށުމުން ފުލުހުން އެމީހުން ފަހައި ދުވެގެންފައިވާ ކަމަށެވެ. އެހެންކަމުން ފުލުހުން އެ މައްސަލަ ބަލާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެ ކަމާ ބެހޭ ގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެފަދަ މައްސަލައެއް މިހާތަނަށް ފުލުހުންނަށް ހުށަހަޅާފައިނުވާ ކަމަށެވެ.