ޑީއާރްޕީ އިން އެމްޓީސީސީގެ ކިބައިން ހޯދާފައިވާ ޚިދުމަތްތަކަށް ދޭންޖެހޭ 111،438.9 ރުފިޔާ ދެއްކުމަށް ސިވިލް ކޯޓުން އިއްޔެ ހުކުމް ކޮށްފިއެވެ.

ސިވިލް ކޯޓުގެ ހުކުމްގައި ވަނީ ޑީއާރްޕީގެ ކިބައިން 1113،587.86 ހޯދުމަށް އެމްޓީސީސީގެ ފަރާތުން ދައުވާ ކުރި ނަމަވެސް އޭގެ ތެރެއިން ނުދައްކާ ވަނީ 111،438.9 ރުފިޔާކަން އެ މައްސަލައިގައި ހުށަހެޅިފައިވާ ލިޔުންތަކުން ޝަރީއަތަށް ސާބިތުވާ ކަމަށެވެ.

ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި ކޮންމެ މަހަކު ވެސް މަދުވެގެން އެމަހަކަށް ޖެހޭ ވަރު ދައްކަމުން ގޮސް އެ ފައިސާ ދައްކައި ޚަލާސްކުރުމަށް ސިވިލް ކޯޓުން ވަނީ ޑީއާރްޕީގެ ޣައިރުހާޒިރުގައި ހުކުމް ކޮށްފަ އެވެ.

ހަބް ކޮމްޕެނީ އަށް 781،000 އަށް ވުރެ ގިނަ ރުފިޔާ ދެއްކުމަށް ވެސް ސިވިލް ކޯޓުން ވަނީ މި އަހަރުގެ ތެރޭގައި ޑީއާރުޕީގެ މައްޗަށް ހުކުމްކޮށްފަ އެވެ. ޑީއާރްޕީގެ ވަގުތީ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު (ކާނަލް) ވިދާޅުވެފައި ވަނީ އެ ފައިސާ ދައްކާނީ ސުޕްރީމް ކޯޓުން ކަނޑައަޅާ ގޮތެއްގެ މަތިން ކަމަށެވެ.