13 Oct 2014, 09:42
އިންޑިއާގައި ހުންނަވާ ދިވެހި ރާއްޖޭގެ ސަފީރު ކަމަށް އައްޔަން ކުރެއްވުމަށް ޓަކައި ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ފޮނުއްވާފައިވާ އަހްމަދު މުހައްމަދު (އަންޑޭ)ގެ ނަންފުޅު ގައުމީ ސަލާމަތުގެ ކޮމެޓީ އަށް ފޮނުވައިފި އެވެ.
މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އަހްމަދު މުހައްމަދުގެ ނަންފުޅު ގައުމީ ސަލާމަތާ ބެހޭ ކޮމެޓީއަށް ފޮނުއްވެވުމަށް ފަހު މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު ވަނީ އެކަން އިއުލާން ކުރައްވައިފަ އެވެ.
އަހްމަދު މުހައްމަދަކީ ކުރީގެ ރައީސް މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގައި އިކޮނޮމިކް މިނިސްޓަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. ރައީސް ޔާމީން ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު އޭނާ އަށް ވަނީ ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމް ދެއްވާފައެވެ. ނަމަވެސް އޭގެފަހުން އެ މަގާމުން ވަކިކުރައްވައި އޭނާ އެންބެސެޑާ އެޓް ލާޖްގެ މަގާމަށް އައްޔަން ކުރައްވި އެވެ. މިހާރުވެސް އޭނާ ހުންނެވީ އެ ގަމާމުގަ އެވެ.