12 Oct 2014, 15:18
ރ. ދުވާފަރު ގެއަކުން ވަގަށް ނެގި 30،000 ރުފިޔާ ހޯދައި ތުހުމަތުގައި މީހަކު ހައްޔަރު ކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު މިއަދު ވިދާޅުވީ ދުވާފަރުގެ ގެއަކުން އިއްޔެ އިރުއޮއްސުނު ވަގުތު ކުރި ވައްކަމަކާ ގުޅިގެން އުމުރުން 20 އަހަރުގެ މީހަކު ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކޮށްފައިވާ ކަމަށެވެ.
އަދި ވަގަށް ނެގި ފައިސާ ފަސް ގަޑިއިރު ތެރޭ ފުލުހުން ހޯދާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ ދުވާފަރު ގެއަކުން ވަގަށް ނެގި 30،000 ރުފިޔާ ފެނިފައި ވަނީ އެ ރަށު ހޭޅިފަށުގައި ވަޅުލާފައި ހުއްޓައި ކަމަށެވެ.
އެ މައްސަލަ އަންނަނީ ފުލުހުން އިތުރަށް ތަހުގީގު ކުރަމުންނެވެ.