12 Oct 2014, 14:28
ލ. ގަމުގައި އުމުރުން 71 އަހަރުގެ ނުކުޅެދޭ މަންމަ އަށް ހަމަލާދީ ބޯ ޒަޚަމްކޮށްލައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ އެ އަންހެން މީހާ އަށް ހަމަލާދީ ޒަޚަމްކޮށްލި ކަމުގެ މައުލޫމަތު ފުލުހުންނަށް ލިބިފައި ވަނީ މިއަދު މެންދުނު 1:35 އެހާކަންހާއިރު ކަމަށެވެ.
އޮފިޝަލް ވިދާޅުވީ އަންހެން މީހާ އަށް ހަމަލާދީފައި ވަނީ އުމުރުން 24 އަހަރުގެ އަންހެނެއް ކަމަށާއި އޭނާ މިހާރު ހައްޔަރުކޮށްފައިވާ ކަމަށެވެ.
އެ ހަމަލާގައި އަނިޔާ ލިބުނު އަންހެން މީހާގެ ބޮލަށް ހަމަލާދީ ޒަޚަމްކޮށްލުމުން ލިބުނު ޒަޚަމްތަކަށް ގަމު ރީޖިނަލް ހޮސްޕިޓަލްގައި އެޑްމިޓުކޮށްގެން ފަރުވާދެމުން އަންނަ ކަމަށް ވެސް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.