12 Oct 2014, 14:10
ޕާކިސްތާންގެ ބޮކްސް އޮފީހުގައި ސަލްމާން ޚާންގެ "ކިކް" ދަމަހައްޓަމުން އައި ރެކޯޑް، ރިތިކް ރޯޝަންގެ "ބޭންގް ބޭންގް" މުގުރާލައިފި އެވެ.
ޕާކިސްތާނުގެ ބޮކްސް އޮފީހުގައި "ކިކް" ދަމަހައްޓަމުން އައި ރެކޯޑް ބޮލީވުޑްގެ މަޝްހޫރު ދެ ތަރިން ކަމަށްވާ ރިތިކް ރޯޝަން އާއި ކެޓްރީނާ ކައިފްގެ ފިލްމު "ބޭންގް ބޭންގް" އިން މުގުރާލާފައި މިވަނީ، ޕާކިސްތާނުގައި އެ ފިލްމު އެޅުވި ދުވަހު "ކިކް" އަށްވުރެއް ހަ ގުނަ ބޮޑު ފައިދާއެއް ހޯދައިގެންނެވެ.

"ބޭންގް ބޭންގް" ފިލްމުގެ ޕޯސްޓަރެއް---
ބޮލީވުޑްގެ ފިލްމެއް ޕާކިސްތާނުގައި އަޅުވާ ފުރަތަމަ ދުވަހު އެންމެ ބޮޑު ފައިދާއެއް ހޯދައިގެން ޕާކިސްތާނުގެ ބޮކްސް އޮފީހުގައި "ކިކް" ރިކޯޑް ދަމަހައްޓަމުން އައީ އެ ފިލްމު އެޅުވި ދުވަހު ލިބުނު 13 ލައްކަ ރުޕީސްއާ އެކުގައެވެ.
ނަމަވެސް މިމަހުގެ ދެވަނަ ދުވަހު މުޅި ދުނިޔެއަށް ރިލީޒްކުރި "ބޭންގް ބޭންގް" އިން ވަނީ ޕާކިސްތާނުގައި އެޅުވި އެންމެ ފުރަތަމަ ޝޯވްއިން އެކަނިވެސް 76.85 ލައްކަ ރުޕީސް (120000 އެމެރިކާ ޑޮލަރު)ގެ ފައިދާއެއް ހޯދާފަ އެވެ.
ޕާކިސްތާނުގެ ބޮކްސް އޮފީހުގައި "ބޭންގް ބޭންގް" އިން މިހާރު ރެކޯޑް ގާއިމްކޮށްފައިވާއިރު، އެ ފިލްމުވަނީ ބޮލީވުޑްގެ ފިލްމުތަކުގެ ތެރެއިން، ޕްރިމިއާކުރި ފުރަތަމަ ދުވަހު އެންމެ ބޮޑު ފައިދާ އެއް ލިބުނު ފިލްމުތަކުގެ ލިސްޓުގެ ފަސް ވަނައިން ޖާގަ ވެސް ހޯދާފަ އެވެ.

"ބޭންގް ބޭންގް" ފިލްމުގެ ތެރެއިން---
އެގޮތުން، ބޭންގް ބޭންގް ރިލީޒްކުރިތާ ހަފްތާއެއްގެ ތެރޭގައި އެ ފިލްމަށް ޖުމްލަ 250 ކަރޯޑް ރުޕީސް (40.8 މިލިއަން އެމެރިކާ ޑޮލަރު)ގެ ފައިދާއެއް ލިބިފައިވެ އެވެ.
ހޮލީވުޑްގެ ފިލްމެއް ކަމަށްވާ "ނައިޓް އެންޑް ޑޭ"ގެ ބޮލީވުޑް ރީމޭކްއަކަށް ހަދާފައިވާ ފިލްމް "ބޭންގް ބޭންގް" އަކީ ފޮކްސް ސްޓާ ސްޓޫޑިއޯ އިން ޕްރޮޑިއުސްކޮށް، ސިދްހާތް އާނަންދު ޑައިރެކްޓްކޮށްފައިވާ އެކްޝަން ތްރިލާ ފިލްމެކެވެ.
އަބޫ ދާބީގައި ކުޅެ، ކޯ ޕްރޮޑިއުސްކުރި ފުރަތަމަ ފިލްމް ބޭންގް ބޭންގް ވަނީ ދުނިޔޭގެ 5100 ސިނަމާއެއްގައި އަޅުވައި، މިހާތަނަށް ބޮލީވުޑް ފިލްމެއްގެ އެންމެ ބޮޑު ރިލީޒްގެ ރެކޯޑްވެސް ހޯދާފަ އެވެ.