ފިލައިގެން އުޅޭތާ މަހަކަށް ވުރެ ގިނަ ދުވަސްވީ އިރު ވެސް 16 އަހަރުގެ އަންހެން ކުއްޖާ ނުފެންނަ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ އޮގަސްޓް މަހުގެ 25 ވަނަ ދުވަހުން ފެށިގެން ފިލާފައިވާ ކަމަށް ރިޕޯޓުކޮށްފައިވާ ފާޠިމަތު މަލްހާ އަދި ވެސް ނުފެންނަ ކަމަށެވެ.

ފުލުހުން ބުނީ އެކުއްޖާ އުޅެނީ ފިލައިގެން ކަމަށެވެ. ނަމަވެސް ފިލައިގެން އުޅެނީ އާއިލާ އަށް ކަމެއް ނުވަތަ އެހެން ބަޔަކަށް ކަމެއް ފުލުހުން ނުބުނެ އެވެ.

މަލްހާއަކީ ލޮލުގެ ކުލަ ކަޅު، އިސްތަށިގަނޑު ބުޅިކޮށް އަދި ހަށިގަނޑުގެ ރޫފަ ހިކިކޮށް ދިގުކޮށް ހުންނަ ކުއްޖެއް ކަމަށް ފުލުހުން ބުންޏެވެ.

އެކުއްޖާއާ ބެހޭ މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާ ނަމަ އެކަން ފުލުހުންނަށް ރިޕޯޓު ކުރުމަށް ފުލުހުނ އެދެ އެވެ.