11 Oct 2014, 15:08
ހައްޖުގެ އަޅުކަން އަދާކުރުމަށް މި އަހަރު ރާއްޖެ އިން ހައްޖަށް ދިޔަ ދިވެހި ހައްޖުވެރިންގެ ފުރަތަމަ ގްރޫޕް މާލެ އަތުވެއްޖެ އެވެ.
މިއަދު މެންދުރު ސްރީލަންކާ އެއާލައިންސް އިން ރާއްޖެ އައިސްފައި ވަނީ ސިސިލްފަރު ހައްޖު އެންޑް އުމްރާ ގްރޫޕުގެ ހަވާލުގައި ހައްޖަށް ދިޔަ ހައްޖުވެރިންނެވެ. އެ ގްރޫޕުގެ ހަވާލުގައި މި އަހަރު 121 ހައްޖުވެރިން ހައްޖަށް ގޮސްފައިވެ އެވެ.

ރާއްޖެެއިން މިއަހަރު ހައްޖަށް ދިޔަ ބައެއް ހައްޖާޖީން މިއަދު ވަނީ ރާއްޖެ އައިސްފައި -- ސަން ފޮޓޯ ފަޔާޒު ޔޫސުފް
ހައްޖުގެ އަޅުކަން އަދާކުރުމަށް ފަހު ދެ ވަނަ ގްރޫޕެއްގެ ގޮތުގައި މިނާ ޖަމާއަތުގެ ހަވާލުގައި ދިޔަ 125 ހައްޖުވެރިން މާދަމާ ރާއްޖެ އަންނާނެ އެވެ. އަދި އަންނަ ހޯމަ ދުވަހު ފަތުހު ޖަމާއަތުގެ ހަވާލުގައި ދިޔަ 118 މީހުން ރާއްޖެ އަންނާނެ އެވެ.
މީގެ އިތުރުން އެކްރޯ ޖަމާއަތުގެ ހަވާލުގައި ދިޔަ 125 މީހުން އަންނަ އަންގާރަ ދުވަހު އަންނަން ހަމަޖައްސާފައިވާ އިރު، ހައްޖު ކޯޕަރޭޝަނުގެ ހަވާލުގައި މި އަހަރު ހައްޖަށް ދިޔަ 500 ހައްޖުވެރިން ރާއްޖެ އައުމަށް ހަމަޖެހިފައި ވަނީ އަންނަ ބުދަ އަދި ބުރާސްފަތި ދުވަހު އެވެ.

ރާއްޖެެއިން މިއަހަރު ހައްޖަށް ދިޔަ ބައެއް ހައްޖާޖީން މިއަދު ވަނީ ރާއްޖެ އައިސްފައި -- ސަން ފޮޓޯ ފަޔާޒު ޔޫސުފް
ހައްޖުވެރިން މިއަދު މާލެ އަންނަން ފަށާފައިވާ އިރު، މި އަހަރުގެ ހައްޖުގެ އަޅުކަން އަދާކުރެއްވުމަށް ޓަކައި ސައުދީ އަރަބިއްޔާ އަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުގައްޔޫމާއި އެމަނިކުފާނުގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމް ވަނީ އިއްޔެ ވަނީ މާލެ ވަޑައިގެންފަ އެވެ.
މިއަހަރު ރާއްޖެ އިން 1،000 އަށް ވުރެ ގިނަ މީހުން ހައްޖަށް ގޮސްފައިވެ އެވެ.