އެމްޑީޕީގެ ފަރާތުން އައްޑޫ ސިޓީގައި މިހާރު ކުރިއަށްދާ ޖަލްސާ ބާއްވާ ސަރަހައްދުގައި ބަޔަކު ހަމަނުޖެހުން ހިންގަން މަސައްކަތްކޮށް ގާއުކުމުގެ ސަބަބުން ބައެއް މީހުންނަށް އެކިވަރުގެ އަނިޔާ ލިބިއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ، އައްޑޫ ސިޓީ ފޭދޫ ބަނދަރު ސަރަހައްދުގައި މިހާރު ކުރިއަށްދާ އެމްޑީޕީގެ ޖަލްސާއަށް މޫނު ނިވާކޮށްގެން ތިބި ބަޔަކު ވަދެ، ހަމަނުޖެހުން އުފައްދަން މަސައްކަތްކޮށް ގާ އުކާފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން ހަ މީހަކު ފުލުހުން ހައްޔަރުކޮށްފައިވާ ކަމަށެވެ.

ނަމަވެސް ގާއުކުމުގެ ސަބަބުން އަނިޔާ ވެފައިވަނީ ކިތައް މީހުން ކަމެއް އަދި ލިބިފައިވާ އަނިޔާތަކުގެ ތަފްސީލެއް އަދި ނުލިބެ އެވެ. އަދި އެކަމުގެ ތެރެއިން ބައެއް ފުލުހުންނަށްވެސް އަނިޔާވެފައިވާ ކަމަށް އޮފިޝަލު ވިދާޅުވި އެވެ.

އެމްޑީޕީގެ ފަރާތުން "އަވަސް އޭށުން، އެކަނިއަސް އޭށުން" ގެ ނަމުގައި ކުރިއަށްގެންދާ ޖަލްސާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުވެސް ބައިވެރިވެވަޑައިގަންނަވަ އެވެ.