10 Oct 2014, 19:28
އަޟްހާ ޢީދާއި ގުޅިގެން ގއ. އަތޮޅު ކައުންސިލާއި އެއަތޮޅު ގެމަނަފުށީ ކައުންސިލުން ގުޅިގެން ބޭއްވި އެސްޓީއޯ ނޫފަހި ވޮލީ މުބާރާތުގެ ފިރިހެން ޑިވިޝަނުން ގެމަނަފުށީ ޒުވާނުންގެ ޓީމު މޮޅުވެއްޖެއެވެ.
ދާންދޫ ޒުވާނުންގެ ޓީމާއި ދެކޮޅަށް ކުޅުނު މެޗު ގެމަނަފުށި ކާމިޔާބު ކޮށްފައިވަނީ 3-1 ސެޓުން މޮޅުވެގެންނެވެ. މި މުބާރާތުގެ އެންމެ މޮޅު ފިރިހެން ކުޅުންތެރިއަކަށް ހޮވިފައިވަނީ ގެމަނަފުށީ ޓީމުގެ ޖާޒީ ނަމްބަރު ހަތެއް އަލީ އަކުބަރަށެވެ.
ނޫފަހި ވޮލީ މުބާރާތުގެ އަންހެން ޑިވިޝަންގެ ދެވަނަ މެޗު ވެސް މިއަދު ވަނީ ކުޅެފައެވެ. ކޮނޑޭއާއި ވިލިނގިލި ބައްދަލު ކުރި މެޗު ސީދާ ތިންސެޓުން ސެޓުން ކާމިޔާބުކުރީ ކޮނޑޭއެވެ.
އެ މުބާރާތުގެ ފިރިހެން ޑިވިޝަންގައި ތިން ޓީމެއް ބައިވެރި ވެފައިވެއެވެ. އެއީ ގެމަނަފުއްޓާއި ދާންދޫގެ އިތުރުން ނިލަންދޫއެވެ. އަންހެން ޑިވިޝަންގައި ބައިވެރިވެފައިވަނީ ހަތަރު ޓީމަކުންނެވެ. އެއީ ގެމަނަފުއްޓާއި ކަނޑޫހުޅުދޫ އާއި ކޮނޑޭއާއި ވިލިނގިއްޔެވެ.