މިއަހަރު ރާއްޖެއިން ހައްޖަށް ދިޔަ މީހުން އަންނަ ހޮނިހިރު ދުވަހު މާލެ އަންނަން ފަށާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

އިސްލާމިކް މިނިސްްޓްރީގެ އޮފިޝަލަކު މިއަދު ވިދާޅުވީ، ރާއްޖެއިން މިއަހަރު ހައްޖަށް ދިޔަ މީހުންގެ ތެރެއިން އެންމެ ފުރަތަމަ މާލެ އައުމަށް ހަމަޖައްސާފައިވަނީ ސިސިލް ފަރު ޖަމާއަތުގެ ބެލުމުގެ ދަށުން ހައްޖަށް ދިޔަ މީހުުން ކަަމަށެވެ. އަދި އެއަށްފަހު މިމަހުގެ 12 ވަނަ ދުވަހު މިނާ ޖަމާއަތުން ދިޔަ މީހުން އައުމަށް ހަމަޖައްސާފައިވާއިރު ފަތުހު ޖަމާއަތުގެ މީހުން އަންނާނީ މިމަހުގެ 13 ގައި ކަމަށެވެ.

މީގެއިތުރުން ހައްޖު ކޯޕަރޭޝަނުން ދިޔަ ހައްޖާޖީން މިމަހުގެ 15 އަދި 16 ގައި އައުމަށް ހަމަޖެހިފައިވާއިރު އެކްރޯ ޖަމާއަތުގެ މީހުން އައުމަށް މިހާރު ހަމަޖައްސާފައިވަނީ 14 ވަނަ ދުވަހު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިއަހަރު ރާއްޖެއިން ހައްޖަށް ގޮސްފައިވާ މީހުންގެ ތެރޭގައި ހިމެނީ ހައްޖު ކޯޕަރޭޝަންގެ ފަރާތުން ދިޔަ 500 މީހުންނާއި އެކްރޯ ކުންފުނީގެ ހަވާލުގައި ދިޔަ 125 މީހުންނާއި ފަތުހު ކުންފުނީގެ ހަވާލުގައި ހައްޖަށް ދިޔަ 118 މީހުންނާއި މިނާ ހައްޖު ގުރޫޕުގެ ހަވާލުގައި ދިޔަ 125 މީހުންގެ އިތުރުން ސިސިލްފަރުގެ ހަވާލުގައި ހައްޖަށް ދިޔަ 121 މީހުންނެވެ.