ވަކިން ޖަމާއަތް ހަދައިގެން ނަމާދު ކުރަމުން އަންނަ މައްސަލައާ ގުޅިގެން ހައްޔަރު ކުރި ދަރުމަވަންތަ މިސްކިތުގެ އިމާމުގެ ބަންދުގެ މުއްދަތު ދެވަނަ ފަހަރަށް ކްރިމިނަލް ކޯޓުން އިތުރުކޮށްދީފިއެވެ.

ފުލުހުން ބުނީ އުމުރުން 30 އަހަރުގެ އެމީހާގެ ބަންދުގެ މުއްދަތު 15 ދުވަހަށް ކްރިމިނަލް ކޯޓުން އިތުކޮށްފައި ވަނީ މިދިޔަ ހޯމަ ދުވަހު ކަމަށެވެ.

އޭނާ ހައްޔަރުކޮށްފައިވަނީ ދިވެހިރާއްޖޭގެ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނާއި، ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތް ކުރުމުގެ ގަވާއިދާ ޚިލާފަށް އިސްލާމިކް މިނިސްޓްރީން ހުއްދަ ނެގުމަކާ ނުލައި ވަކިން ޖަމާއަތް ހަދައިގެން ދަރުމަވަންތަ މިސްކިތުގައި އިމާމެއްކަމަށް ހެދިގެން ހުކުރުކޮށް ޚުޠުބާކިޔައި ދީނީ ގޮތުން ފިތުނަ ފަސާދަ އުފައްދަން މަސައްކަތްކުރަމުންގެންދާ މައްސަލައާ ގުޅިގެން ކަމަށް ފުލުހުން ބުންޏެވެ.

އީމާމު ހައްޔަރު ކުރިނަމަވެސް މިދިޔަ ހުކުރު ދުވަހު ވެސް ދަރުމަވަންތަ މިސްކިތުގައި ވަނީ ހުކުރުކޮށްފައެވެ.