09 Oct 2014, 09:28
މިދިޔަ އާދީއްތަ ދުވަހުގެ ރޭ ރ. މަޑުއްވަރީގައި އީދު ޝޯ ބަލަން ތިބި ކުދިންތަކަކަށް ހަމަލާދިން ކަމުގެ ތުހުމަތުގައި އިތުރު މީހަކު ހައްޔަރުކޮށްފި އެވެ.
ސަން އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ އެ މައްސަލައާ ގުޅިގެން ރޭ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައި ވަނީ 29 އަހަރުގެ މީހެއް ކަމަށެވެ.
އެމީހާ ހައްޔަރުކޮށްފައި ވަނީ ރޭ އިރާކޮޅުގެ ވަގުތެއްގައި އޭނައާ އިތުރު މީހަކު ހައްޔަރުކުރަން އެރަށަށް ދިޔުމުން އެކަމަށް ހުރަސްއަޅައި ފުލުހުންނަށް ހަމަލާދިނުމުން ބެކަޕް ފޯސްއަކުން އެރަށަށް ގޮސް ކަމަށެވެ.
އެ މައްސަލައާ ގުޅިގެން މީގެކުރިން ހައްޔަރުކޮށްފައި ވަނީ އުމުރުން 17 އަހަރުގެ ކުއްޖެކެވެ.
މީޑިއާ އޮފިޝަލް ވިދާޅުވީ ފުލުހުންގެ ޓީމަށް ރޭ ހަމަލާދިން މައްސަލަ ވެސް ތަހުގީގު ކުރާނެކަމަށެވެ.