09 Oct 2014, 08:58
އަޟުހާ އީދާ ގުޅިގެން ގއ. އަތޮޅު ކައުންސިލާއި އެއަތޮޅު ގެމަނަފުށީ ކައުންސިލުން އިންތިޒާމްކޮށްގެން މިހާރު ކުރިއަށްދާ "އެސްޓީއޯ ނޫފަހި އަތޮޅު ވޮލީ" މުބާރާތުގެ ފިރިހެން ޑިވިޝަނުން ގެމަނަފުއްޓާއި ދާންދޫ ފައިނަލަށް ގޮސްފިއެވެ.
ފިރިހެން ޑިވިޝަންގެ ފައިނަލް މެޗު މިއަދު ކުޅެން ހަމަޖެހިފައިވާއިރު އަންހެން ޑިވިޝަންގެ މެޗުތައް ފަށާފައި ވަނީ އިއްޔެއެވެ. އަންހެން ޑިވިޝަންގެ ފުރަތަމަ މެޗުގައި ބައްދަލު ކޮށްފައިވަނީ ގެމަނަފުށީ ޓީމާއި ކަނޑޫހުޅުދޫ ޓީމެވެ. އެ މެޗުގައި 3-1 ސެޓުން ކުރިހޯދައިން މޮޅުވެފައިވަނީ ގެމަނަފުށީ ޓީމެވެ.
އެ މުބާރާތުގެ ފިރިހެން ޑިވިޝަންގައި ބައިވެރިވެފައިވަނީ ތިން ޓީމެކެވެ. ގެމަނަފުއްޓާއި ދާންދޫގެ އިތުރުން ނިލަންދޫއެވެ. އަންހެން ޑިވިޝަންގައި ބައިވެރިވެފައިވަނީ ހަތަރު ޓީމަކުންނެވެ. އެއީ ގެމަނަފުއްޓާއި ކަނޑޫހުޅުދޫ އާއި ކޮނޑޭއާއި ވިލިނގިއްޔެވެ.