08 Oct 2014, 22:38
މާވެޔޮމަގުގައި ހިނގި އެކްސިޑެންޓެއްގައި މީހެއްގެ ބޯ ފަޅައިގެން ގޮސް އިތުރު މީހަކަށް އަނިޔާ ލިބިއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ މިރޭ 10:00 އެހައިކަންހާއިރު އެ އެކްސިޑެންޓް ހިނގީ މާވެޔޮމަގުގައި ހުންނަ މިސްކިތް ކުރިމަތިން ހުރަސް ކުރި މީހެއްގެ ގައިގައި ސައިކަލަކުން ޖެހި ކަމަށެވެ. އަދި އެ އެ އެކްސިޑެންޓް ގައި އަނިޔާވި ދެ މީހުންނަށް ވެސް ބޭރުފުށުން ސީރިއަސް އަނިޔާތަކެއް ލިބިފައިނުވާ ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
"ސައިކަލު މާބާރަށް ދުއްވާފައެއް ނޫން ދިޔައީ. ކުދިކުދި ހާނިއްކަ ދެމީހުންނަށް ވެސް ވެފައި ވަނީ. މަގު ހުރަސްކުރި މީހާގެ ބޮލުން ތަންކޮޅެއް ފަޅައިގެން ގޮސްފައިހުރި. ބޭރުފުށުން ދެމީހުންނަށް ވެސް މާބޮޑު އަނިޔާތަކެއް ނުވޭ،" ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވި އެވެ.
އެ އެކްސިޑެންޓުގައި އަނިޔާވި ދެމީހުންނަށް ވެސް ފަރުވާ ދިނުމަށް އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.