އިލެކްޝަން ކެމްޕެއިންގައި ނަސްލީ ގޮތުން މީހަކަށް ފާޑުކިޔުމާ ގުޅިގެން އިންޓަލިއަން ފުޓްބޯލް ފެޑެރޭޝަންގެ ރައީސް ކާލޯ ޓެވެއްކިއޯ ހަ މަސް ދުވަހަށް ޔުއެފާ އިން ސަސްޕެންޑްކޮށްފި އެވެ.

ލިވަޕޫލްގެ ފޯވާޑު މާރިއޯ ބަލޮޓެލީއާ ދިމާލަށް 'ދޮންކެޔޮ ކެއުމާ ގުޅުވައިގެން ނަސްލީ ގޮތުން ފާޑު ކިޔުމުން ޔުއެފާ އާއި ފީފާ އިން ކުރި ތަހުގީގުން ޓެވެއްކިއޯ ސަސްޕެންޑު ކޮށްފައި ވަނީ ރަނގަޅަށް ކަމަށް ވަނީ އެނގިފަ އެވެ. އޭނާ ސަސްޕެންޑްކޮށްފައި ވަނީ އިއްޔެ އެވެ.

އެ ފާޑުކިޔުންތަކާ ބެހޭ ގޮތުން މައާފަށް އެދިފައިވާ ޓެވެއްކިއޯ ވިދާޅުވީ ޔުއެފާގެ ނިންމުމަށް ގަދަރު ކުރާ ކަމަށެވެ.

"އަޅުގަނޑު މިހުރީ ވަރަށް ހަމަޖެހިގެން. ޔުއެފާ އިން ނިންމެވި ނިންމުމަށް އަޅުގަނޑު ގަދަރު ކުރަން. އެކަމު ހީކުރަން ޔުއެފާ އަށް އަހަރެންގެ ކުށް ގަބޫލު ކުރުމާއި އެހެން ބުނުމުގެ ފަހަތުގައި އޮތް ހަގީގީ މާނަ ބުނުމުގެ ފުރުސަތެއް ލިބޭނެ ކަމަށް،" ޓެވެއްކިއޯ ވިދާޅުވި އެވެ.

ޓެވެއްކިއޯގެ ހަ މަހުގެ ސަސްޕެންޝަނާ އެކު އަންނަ އަހަރުގެ މާޗު މަހުގައި އޮންނަ ޔުއެފާ ކޮންގްރެސްގައި އޭނާ އަށް ބައިވެރިއެއް ނުވެވޭނެ އެވެ. އެހެން ނަމަވެސް އިޓަލިއަން ފުޓްބޯލް ފެޑެރޭޝަންގެ ޕްރޮސެކިއުޓަރު މަގާމުން ވަކިވުމާ އެކު ހެޑެއް ގޮތުގައި ޓެވެއްކިއޯ މަސައްކަތް ކުރާނެ އެވެ.