08 Oct 2014, 15:08
މީގެ 150 އަހަރު ކުރިން ފެށިގެން އިންޑިއާގެ ރާޖިސްތާނުގެ ޝާހީ އާއިލާއިން އީދު ފާހަގަ ކުރުމުގެ ގޮތުން ޖަަމަލުން ގުރުބާން ކަތިލުމަށް ގެންގުޅެމުން އައި ޒަމާންވީ ސަގާފަތް ނިމުމަކަށް ގެނެސްފި އެވެ.
އަށާރަސަތޭކަ ފަސްދޮޅަސް ހަތަރު ވަނަ އަހަރުން ފެށިގެން ސާހީ އާއިލާ އިން ކޮންމެ އަލްހާ އީދެއްގައި ވެސް ދެ ޖަމަލު ކަތިލައި ފަގީރުންނަށް އައީ އޭގެ މަސް ހަދިޔާ ކުރަމުންނެވެ.
ނަމަވެސް ރާޖިސްތާނުގައި ޖަމަލަށް ގައުމީ ޖަނަވާރުގެ ނަން ދިނުމަށް ފަހު، އެތަކެތި ވަނީ މަރައި ކަތިލުން މަނާކޮށްފަ އެވެ. ނަތީޖާއެއްގެ ގޮތުން އެ އާއިލާ އިން ވެސް ނިންމީ ޖަމަލު ކަތިލުމުގެ ސަގާފަތް ނިމުކަށް ގެނައުން ކަމަށް ދަ ހިންދޫ އިން ބުންޏެވެ.
ޓޮންކްގެ ރޯޔަލް ފެމެލީ މެމްބަރު ނަވާބު ހާމިދު ޕްރެސްޓްރަސްޓް އޮފް އިންޑިއާ އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، ޖަނަވާރު ހިމާޔަތް ކުރުމަށް ކުރާ ކެމްޕޭންތަކާ އެކު، ޒަމާންވީ ޖަމަލުން ގުރުބާން ކަތިލުން ނިމުމަކަށް ގެނައުމަށް އެ އާއިލާ އަށް މާ ބޮޑު ޕްރެޝަރެއް ނެތް ކަމަށެވެ.
ބޯހިމެނުމުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ރާޖަސްތާނުގައި މިހާރު ވަނީ 322،000 ޖަމަލެވެ. އެއީ 1997 ވަނަ އަހަރު ޖަމަލު ހުރި އަދަދު 668،000 އަށްވުރެ 346،000 ޖަމަލު މަދު އަދަދެއް ކަމަށް ވެސް ތަފާސްހިސާބުތަކުން ދައްކަ އެވެ.