އުތުރު ކޮރެއާގެ ސުޕްރީމް ލީޑަރު ކިމް ޖޮންގް އުން މަހަކަށް ވުރެ ގިނަ ދުވަސް ވަންދެން އާންމުންގެ ތެރެއަށް ނުކުވެޑައިގެންފައި ނުވަނީ މަގާމުން ވަކި ކުރެވުމާ ގުޅިގެން ކަމަށް ވެދާނެ ކަމަށް ނިއުސް މެކްސް އިން ބުނެފި އެވެ.

މި ވާހަކަތައް ފެންމަތިވެފައި ވަނީ ހުކުރު ދުވަހު އެމަނިކުފާނު ބައިވެރިވެ ވަޑައިގަންނަން ޖެހޭ ހަފްލާއަކަށް ވަޑައިގަނެފައި ނުވާތީ ކަމަށް ވެސް ނިއުސް މެކްސްއިން ބުނެ އެވެ.

ގިނަ ބަޔަކު ދެކޭ ގޮތުގައި އުން ނުފެނި ގިނަ ދުވަސް ވަނީ މަގާމުން ވަކި ކުރުމުންނެވެ. ނަމަވެސް އަނެއް ބަޔަކު ބުނެފައި ވަނީ އެ މަނިކުފާނުގެ ސިއްހަތު ތަން ނުދޭ ކަމަށް ގަބޫލު ކުރާ ކަމަށެވެ.

ނަމަވެސް އެއިން އެއްވެސް ވާހަކަ އަކަށް ޖަވާބު ނުދެއްވައި ޑިފެންސް މިނިސްޓަރު ހަން މިން ކޫ ވިދާޅިވީ އުން ހުންނެވީ ޕްޔޮންގްޔަންގް ހަވަށެއްގައި ކަމަށެވެ.

"އަޅުގަނޑަށް އެނގޭހާ ވެސް އެއްޗަކީ އުން ހުންނެވީ އިތުރު ޕްޔޮންގްޔެންގްގެ ކޮންމެވެސް ތަނެއްގައި ކަން. އެއީ އަޅުގަނޑަށް އިންޓެލިޖެންސް ހެޑްކުއާޓާ އިން ލިބުނު މައުލޫމާތެއް،" މިން ކޫ ވިދާޅުވި އެވެ.

އުންގެ ސިއްހަތާ މެދު ވާހަކަފުޅު ދައްކަވަމުން ދެކުނު ކޮރެއާގެ ޔުނިފިކޭޝަން މިނިސްޓަރު ވިދާޅުވެފައި ވަނީ އެމަނިކުފާނު ދުޅަހެޔޮ ކަމަށާއި އެއްވެސް ކަހަލަ ސިއްހީ މައްސަލައެއް އުޅޭ ކަމެއް ނޭނގޭ ކަމަށެވެ.

އުން އެންމެ ފަހުން އާންމުންގެ ތެރެއިން ފެނިފައި ވަނީ މިދިޔަ މަހުގެ ތިނެއްގައި މިއުޒިކް ކޮންސާޓަކުންނެވެ. އާންމުންގެ ތެރެއިން އުން ގެއްލުމުގެ ކުރިން ލިބިފައިވާ ފުޓެޖް އަކުން ދައްކާ ގޮތުގައި އެމަނިކުފާނު ކޮރެއް ޖައްސަވަ އެވެ.