08 Oct 2014, 11:23
އެއް މަހުގެ ތުއްތު ކުއްޖަކު މަރުވި މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު މިއަދު ސަން އަށް ވިދާޅުވީ މި މަހުގެ ފަސް ވަނަ ދުވަހު ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން އެއް މަހުގެ ތުއްތު ކުއްޖަކު މަރުވި މައްސަލައެއް ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް މައްސަލައިގެ ތަފްސީލެއް ފުލުހުން ނުދެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ އެ މައްސަލައާ ގުޅިގެން ތުހުމަތު ކުރެވޭ އެއްވެސް ކަމެއް އަދި ފާހަގަ ކުރެވިފައިނުވާ ކަމަށާއި އަދި މީހަކު ވެސް ހައްޔަރު ނުކުރާ ކަމަށެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި މާލެއިން ހުށަހެޅި އެ މައްސަލާގައި މަރުވި ތުއްތު ކުއްޖާއަކީ ކައިވެނީގެ ބޭރުން ހޯދާފައިވާ ކުއްޖެކެވެ. އަދި އެކުއްޖާ ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް އޮތީ މަރުވެފަ އެވެ.