08 Oct 2014, 11:05
ލ. ގަމުން ގެއްލިގެން ހޯދަމުން ދިޔަ މީހާ ރުކެއް ދަށުގައި ނިދާފައި އޮއްވައި ފެނިއްޖެ އެވެ.
ގަމުގައި ހުންނަ ސަންގެ ކޮރަސްޕޮންޑެންޓް އަލީ ވާފިރު މިއަދު ބުނީ ރެއިން ފެށިގެން ގެއްލިގެން ހޯދަމުންދިޔަ ގ. ވޯޓަލޫ، އަބުދުﷲ ނަސީރު 50، ފެނުނީ އެ ރަށު އިރުމަތީ ފަރާތު ގޮނޑު ދޮށާއި ދިމާލު އަތިރިމަތީގައި ހުރި ރުކެއްގެ ދަށުގައި ނިދާފައި އޮއްވައި ކަމަށެވެ. އަދި ފެނުނު އިރު އޭނާގެ ހާލު ރަނގަޅު ކަމަށާއި އޭރު ވެސް އޮތީ ނިދާފައި ކަމަށެވެ.

ގެއްލިގެން ހޯދަމުންދިޔަ ގ. ވޯޓަލޫ، އަބުދުﷲ ނަސީރު ރުކެއްގެ ދަށުގައި ނިދާފައި އޮވާ އުފުލައިގެން ގެންދަނީ-- ސަން ފޮޓޯ އަލީ ވާފިރު
"އަދިވެސް އޭނާ އޮތި ނިދާފައި. ނޭވާލާ ނިދާފައި އޮތްކަން އެނގޭ. ފުލުހުންނާއި ސިފައިންނާއި އާންމު ރައްޔިތުންނަށް އޭނަ ފެނުނު އިރު ވެސް އޮތީ ނިދާފައި،" ވާފިރު ބުންޏެވެ.
އަބުދުﷲ ނަސީރު ގެއްލިގެން ހޯދަން ފަށާފައި ވަނީ ރެއިން ފެށިގެން އޭނާގެ ހަބަރެއް ނވެ ގިނަ އިރުވުމުން އާއިލާއިން އެކަން ފުލުހުންނަށް ރިޕޯޓު ކުރުމާއު ގުޅިގެންނެވެ.
ގަމު މީހަކާ އިނދެގެން އުޅޭ އަބުދުﷲ ނަސީރު އެރަށަށް ދިޔައީ އީދު ޗުއްޓީ އަށެވެ.