ބަރަހަނާ ފޮޓޯއާ ވީޑިއޯ ގެންގުޅުނު މައްސަލައަކާ ގުޅިގެން އައްޑޫ ސިޓީން މިދިޔަ ހަފްތާގައި ހައްޔަރު ކުރި ނުވަ ދަރިވަރުން ދޫކޮށްލައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ އެ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި ނުވަ ދަރިވަރުން ވެސް އެރޭގެ ވަގުތެއްގައި ދޫކޮށްލާފައިވާ ކަމަށާއި އެ ކުދިން ދޫކޮށްލި ނަމަވެސް އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

އެ މައްސަލައިގެ ތުުހުމަތުގައި 18 އަހަރުން ދަށުގެ 9 ދަރިވަރުންގެ އިތުރުން ބޮޑު ދެ މީހުން ހައްުޔަރުކޮށްފައިވާ ކަމަށާއި އެ ދެ މީހުން އަދި ވެސް ތިބީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެ މައްސަލާގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ 18 އަހަރުން ދަށުގެ ނުވަ ދަރިވަރުންނަކީ އެރަށު ފޭދޫ ސްކޫލެއްގެ ސެކަންޑްރީ ކްލާހެއްގައި ކިޔަވަމުން އަންނަ ނުވަ ދަރިވަރުންނެވެ. އެކުދިން ހައްޔަރުކޮށްފައިވަނީ އެކުދިންގެ އަތުން ބަރަހާނާ ވީޑިއޯ ފޮޓޯ ފެނިގެންނެވެ.