އީރާނަށް ވާރޭ ނުވެހޭތާ ގިނަ ދުވަސްތަކެއްވެ، ފެނަށް ޖެހިފައިވާތީ ވާރޭ ވެހޭތޯ ދުއާ ކުރުމަށް ދީނީ އިމާމުން އަންގައިފި އެވެ.

އިރާނުގެ ނޫސް އެޖޭންސީއާ ހަވާލާދީ ބީބީސީ އިން ބުނީ އާޔަތުﷲ މުހަންމަދު އަލީ މޮވަހެދު ޚާމިނީ ހުރިހާ މިސްކިތްތަކެއްގައި ފެނަށް އެދި ދުއާ ކުރުމަށް އަންގަވާފައިވާ ކަމަށެވެ.

ހަނަފަސްކަމަކީ އީރާނަށް މިދުވަސްވަރު ދިމާވެފައިވާ މައްސަލަ އެކެވެ. އިރާނު ސަރުކާރުން އިންވެސްޓް ކުރަމުން ދަނީ ޕާސިއަން ގަލްފުން ޑީސެލިނޭޓް ފެން ފޯރުކޮށްދިނުމަށެވެ. އަދި ސަރުކާރުން މަސައްކަތް ކުރަމުން އަންނަނީ ތަޖަކިސްތާނާއި އަފްގާނިސްތާނުން ފެން ސަޕްލައި ކުރެވޭނެ ގޮތްތައް ބެލުމަށެވެ.

ބީބީސީގެ ވެދާ ފޯކާސްޓް ބުނަނީ ކުރިއަށް އޮތް ހަފުތާގައި ތެހެރާނަން ވާރޭ ވެހޭނެ ކަމަށް ފޯކާސްޓް ނުދައްކާ ކަމަށެވެ.