އަގުބޮޑު އިނާމުތަކާ އެކު މޯލްޑިވްސް ލިވިންގް އެކްސްޕޯ ފެއާ މި މަހު ފަހު ކޮޅު ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.

މި ފެއާ އިންތިޒާމްކުރާ ހައިރައިސްގެ ބުނީ މި މަހުގެ 29 އިން 31ގެ ނިޔަލަށް ދަރުބާރުގޭގައި ބާއްވާ އެ ފެއާގައި ޒަމާނީ ދިިރިއުޅުން ދައްކުވައިދޭ ގިނަ ސްޓޯލްތަކެއް ހިމަނާފައިވާނެ ކަމަށެވެ. އަދި މިފަހަރުގެ ފެއާގައި 45 ސްޓޯލް ހިމަނާފައިވާނެ ކަމަށް ވެސް ހައިރައިސް އިން ބުންޏެވެ.

އެގޮތުން މިފަހަރުގެ ފެއާގައި ހޯމް ފައިނޭންސް އާއި ގެދޮރު ޒީނަތްތެރިކުރަން ބޭނުންވާ ސާމާނާއި ގޭތެރޭގައި ގެންގުޅޭ އިލެކްޓްރޯނިކް ސާމާނާއި ފަރުނީޗަރު ސްޓޯލްތައް ވަނީ ހިމަނައިފަ އެވެ. މީގެ އިތުރުން ކުރީ ފަހަރާ ހިލާފަށް މި ފަހަރުގެ ފެއާގައި ލައިފް ސްޓައިލް ޓްރެވަލް އާއި ޓްރެވަލް އިންޝުއަރެންސް އަދި ގެދޮރު ޑިޒައިން ކުުރުމާ ބެހޭ ސްޓޯލްތައް ހިމަނާފައިވާނެ ކަމަށް ހައިރައިޒުން ބުންޏެވެ.

އާއްމުކޮށް ހުޅުވާފައިވާ އެ ފެއާއަށް ޒިޔާރަތްކޮށްގެން ގުރުއަތުން ލިބޭ އިނާމުތަކުގެ ތެރޭގައި ޝީޝާ އިން ހުށަހަޅާފައިވާ ހޮންޑާ ކްލިކް125 އައި ސައިކަލަކާއި ރީފްސައިޑުން ހުށަހަޅާފައިވާ 40 އިންޗީގެ ސޮނީ ބްރާވިއާ ޓީވީއަކާއި އިނާ މޯލްޑިވްސް އިން ހުށަހަޅާފައިވާ ފްލައި ޑުބާއީގެ ދެކޮޅު ޓިކެޓް ދެ މީހަކަށް އަދި ސްރީލަންކަން އެއާލައިންސްގެ ދެކޮޅު ޓިކެޓް ދެ މީހަކަށް ދިނުން ހިމެނެ އެވެ.

މޯލްޑިވްސް ލިވިންގް އެކްސްޕޯގެ މެއިން ސްޕޮންސާ އަކީ ސީލައިފް ގްލޯބަލް އެވެ. މި ފެއާގެ ކޯ ސްޕޮންސަރުންނަކީ ރީސައިޑާއި އީވޯ ހޯމާއި ޝީޝާ އެވެ. މީޑިއާ ޕާޓްނަރުންނަކީ ދިޓީވީ އާއި ދިޓީވީ އެސްޓްރާ އެވެ. އޮންލައިން މީޑިއާ ޕާޓްނަރަކަށް ހަމަޖައްސާފައި ވަނީ ސަން އޮންލައިންނެވެ.