ސިކުނޑީގެ 'ޖީޕީއެސްގެ ހޯދުމާ އެކު ތިން ނިއުރޯސައިންޓިސްޓުންނަށް މެޑިސިން އަދި ފިޒިއޯލަޖީ ދާއިރާ އިން އިއްޔެ ނޯބަލް އިނާމު ލިބިއްޖެ އެވެ.

ސިކުނޑީގެ ޖީޕީއެސް ނުވަތަ މީހެއްގެ ނާވު ސެލް އެމީހާގެ މާހައުލު ދެނެގަންނަ ގޮތް ހޯދާފައި ވަނީ އިނގިރޭސި އެމެރިކަން ސައިންޓިސްޓް ޖޯން އޯ ކޯފީ އާއި ނޯވެރިގަން ދެމަފިރިއެއް ކަމަށްވާ މޭ ބްރިޓް މޯސާއާއި އެޑްވާޑު އައި މޯސާ އެވެ. އެ ހޯދުމާ އެކު 1.1 މިލިއަން ޑޮލަރުގެ އިނާމެއް ތިން ފަރާތުގެ މެދުގައި ބަހާލުމަށް ވަނީ ދެވިފަ އެވެ.

އެތަކެއް ޒަމާންނެއް ކުރިން ފިލޯސަފަރުންނާއި ސައިންޓިސްޓުންނަށް ޖަވާބު ނުދެވި އޮތް ސުވާލަކަށް މި ތިން ބޭފުޅުން ވަނީ ޖަވާބެއް ހޯދާފަ އެވެ. ސިކުނޑިން މާހަލުގެ މެޕެއް ހަދާ ގޮތާއި އެތަނެއްގައި ދަތުރު ކުރާ ގޮތުގެ ޖަވާބު ވަނީ މި ތިން ބޭފުޅުން ހޯދާފަ އެވެ.

ރިސާޗުކޮށްގެން ޖަވާބެއް ހޯދާފައިވާ މި ތިން ބޭފުޅުން ވިދާޅުވީ ސިކުނޑިން މެޕް ހެދުމަށާއި ދަތުރު ކުރުމަށް ބޭނުން ކުރަނީ ތަފާތު ސެލްތަކެއް ކަމަށެވެ. މިސެލްތައް ފެނިފައި ވަނީ އަލްޒައިމާސް ބަލި ޖެހޭ ސެލްތައް ހުންނަ ތަނުން ކަމަށް އެޑްވާޑް މޯސާ ބުނެފައިވެ އެވެ.

ޖޯން އޯ ކޯފީ އަށް މި ލިބުނު ކާމިޔާބީއާ އެކު އޭނާ ބުނީ ނޯބަލް ލިބުނީމާ ވަރަށް ހައިރާންވާ ކަމަށެވެ.
ކޮލަމްބިއާ ޔުނިވާސިޓީގެ ލުއިޒާ ގްރޮސް ހޯވިޓްސް އެވޯޑު އެ ތިން ބޭފުޅުންގެ ހޯދުމާ އެކު މިދިޔަ އަހަރު ލިބިފައިވެ އެވެ. މިއީ ކޮންމެ އަހަރަކު ޔުނިވާސިޓީ އިން މޮޅު ބަޔޯކެމިސްޓްރީ ނުވަތަ ބަޔޮލޮޖީ ހޯދުންތަކަށް ދެވޭ އެވޯޑެކެވެ.