ކޮލަމްބިއާގެ ފައްޅިއެއްގައި ދީނީ ހަފުލާ ކުރިއަށް ދަނިކޮށް ހޮނު އަޅައި 11 މީހުން އާދިއްތަ ދުވަހުގެ ރޭ މަރުވެއްޖެ އެވެ.

ފަރުބަދަމަތީ ރަށެއްގައި 60 ވަރަކަށް މީހުން އެއްވެ، ހަފުލާ ކުރިއަށް ދަނިކޮށް ހޮނު އެޅުމުން މަރުވި މީހުންގެ އިތުރުން 15 މީހަކު ފިހުނު ކަމަށް ވެސް ބީބީސީ އިން ބުންޏެވެ.

އެ ހާދިސާގައި މުޅި އިމާރާތް ވަނީ އަނދައި ބިމާ ހަމަވެފަ އެވެ.

އަނިޔާވެ އެކަމަކު ސަލާމަތްވި މީހުން ހޮސްޕިޓަލަށް ގެންދިޔައީ ސިފައިން ހެލްކޮޕްޓަރުގަ އެވެ.

އަނިޔާވެ އެކަމަކު ސަލާމަތްވި މީހުން ހޮސްޕިޓަލަށް ގެންދިޔައީ ސިފައިން ހެލްކޮޕްޓަރުގައި


ފައްޅީގައި ބޭއްވި އެ އަޅުކަމަކީ ތިމާވެއްޓާއި އަދި ގަބީލާގެ ތެރޭގައި ޖެހޭ މައްސަތަކުގެ ހައްލަކަށް އެދި ދޭތެރެ ދޭތެރެ އިން ބާއްވަމުން އަންނަ އަޅުކަމެއް ކަމަށް ވެސް ބީބީސީ އިން ބުންޏެވެ.