06 Oct 2014, 15:17
މުސްލިމުން ހައްޖުކުރަން އެއްވާ މުޤައްދަސް ބިމުގައި ގިނަ ހައްޖާޖީންތަކެއް ސެލްފީ ނަގަން ފެށުމުން ގިނަ ބަޔަކު ނުރުހުންފާޅު ކުރަން ފަށައިފި އެވެ.
މައްކާގެ ގެފުޅަކީ އެތަނަކަށް އެންމެ ގިނަ އަދަދަކަށް މުސްލިމުން އެއްވާ ތަނެކެވެ. މިއަހަރު ހައްޖުވުމަށް ދެ މިލިއަނަށް ވުރެ ގިނަ މީހުން ގޮސްފައިވެ އެވެ.
"މިއީ އަހަރެން ހައްޖައް އައި ފުރަތަމަ ފަހަރު. އެހެންވީމާ އަހަރެން ބޭނުން ހުރިހާ ކަމެއް ޑޮކުއިމެންޓް ކުރަން،" ސެލްފީއެއް ނަގަމުން 24 އަހަރުގެ ހައްޖާޖީއެއް ބުންޏެވެ.
ހައްޖައް އައުމުގެ މައިގަނޑު މަގުސަދުގެ ބަދަލުގައި ފޮޓޯތައް ނަގަން ފަށާ މިހާރު #ހައްޖުސެލްފީ (#HajjSelfie) ކިޔާ އެއްޗެއް ވަނީ ތައާރަފުވެފަ އެވެ.
"އަހަރެންނާއި ބައްޕައާއި ދެމީހުން 90'ގައި ހައްޖަށް އައި އަހަރު ކެމެރާ ގެނައިއިރަށް ކިރިޔާ އެ ހަލާކު ނުކޮށްލީ. ބުނީ ހަރާމް ވާނެޔޭ. އެކަމު މިހާރު ހޭޝްޓެގް ސެލްފީ ކިޔާ އެއްޗެއް ވެސް އެބައޮތް. މިއީ ދުނިޔެއެއް،" ހައްޖުގައި ސެލްފީ ނެގުމާއި ދެކޮޅު ހަދާ މީހަކު ޓްވީޓަކުން ބުންޏެވެ.
އިތުރު މުސްލިމަކު ސެލްފީއާ ދެކޮޅު ހަދަމުން ބުނީ ހައްޖު އައުމުގެ މަގްސަދަކީ ﷲ އާއި އަޅުންނާ ރޫހާނީ ގޮތުން ގުޅުން ކަމަށާއި ސެލްފީ ނެގުމުން އެ މަގުސަދަށް ބުރޫއަރާ ކަމަށެވެ.
އެހެން ނަމަވެސް ހައްޖު ސެލްފީއަށް ތަރުހީބުދޭ މީހަކު ބުނީ އެހެން މީހުން އެކަންތައް ބޮޑު ކަމަކަށް ހަދަނީ ކަމަށާއި އޭގައި އެއްވެސް ގޯސް ކަމެއް ނެތް ކަމަށެވެ.
"އަހަރެންނަކަށް ނުފެނޭ އެއީ މާ ބޮޑު ކަމެއް ކަމުގައެއް. މީހަކު ސެލްފީ ނެގުމަކީ މާބޮޑު ކަމެއް ނޫން. ހައްޖަކީ މީހެއްގެ ހަޔާތުގައި ވަރަށް މަދުން ހިނގާނެ ކަމެއް. އޭގެ ސެލްފީ ނެގުމަކީ އެއްވެސް ގޯސް ކަމެއް ކަމުގައެއް ނުދެކެން،" ސެލްފީއަށް ތަރުހީބު ކުރާ އަބްދުލް މުފީޒް ބުންޏެވެ.
ސެލްފީ ނެގުމާ ބެހޭ ގޮތުން ވާހަކަ ދައްކަމުން އިސްލާމިކް ޝަރީއާ ލޯ ޕްރޮފެސާ ރިޔާދު ބުނީ އެއީ ހަމައެކަނި ހަނދާނަކަށް ކަމުގައިވާ ނަމަ އޭގައި މައްސަލައެއް ނެތް ކަމަށެވެ. އެހެން ނަމަވެސް ދެއްކުންތެރިކަމުގެ ނިޔަތް އޭގައިވާ ނަމަ އެއީ ގޯސް ކަމެއް ކަމަށެވެ.
"އެ ނެގޭ ފޮޓޯތަކުގެ ބޭނުމަކީ ހަމައެކަނި ހަނދާނެއްގެ ގޮތުގައި ބެހެއްޓުން ކަމުގައިވާ ނަމަ އޭގައި އެއްވެސް މައްސަލައެއް ނެތް. އެކަމު އެ ފޮޓޯ ތައް ނެގުމުގެ ނިޔަތަކީ ދެއްކުންތެރިކަން ކަމުގައިވާ ނަމަ އެއީ ގޯސް ކަމެއް. އޭރުން އެ ނެގޭ ފޮޓޯއެއް ކަމަކު ނުދާނެ،"