06 Oct 2014, 14:34
މާލޭގެ ގެއަކުން މަސްތުވާތަކެއްޗާ އެކު އަންހެނަކާއި ތިން ފިރިހެނުން ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މިއަދު ބުނީ އެ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ހަތަރު މީހުންނަކީ ވެސް ދިވެހިން ކަމަށާއި އެ ހަތަރު މީހުން ހައްޔަރުކޮށްފައި ވަނީ ރޭ ދަންވަރުގެ ވަގުތެއްގައި މާފަންނުގެ ދެގެއެއް ކޯޓު އަމުރެއްގެ ދަށުން ބެލުމަށް ފަހު ކަމަށެވެ.
އެ ދެ ގެއިން މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހޭޝް އޮއިލް ކަމަށް ބެލެވޭ ދެ ކިލޯއެއްހާ މަސްތުވާތަކެތި ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން އެ މައްސަލަ ބަލަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.