ހުކުމެއް ތަންފީޒް ކުރަމުން ދަނިކޮށް ފިލައިގެން އުޅުނު މީހަކު، މަސްތުވާތަކެއްޗާއެކު ފުލުހުން ހައްޔަރުކޮށްފި އެވެ.
ފިލައިގެން އުޅެނިކޮށް ފުލުހުން ހައްޔަރުކުރީ ހ. ފެންތިލަ ޙަސަން ޝާން އެވެ.

މިމަހުގެ 19 ވަނަ ދުވަހުގެރޭ ފުލުހުންނަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ފުލުހުން ޝާން އުޅޭ ގެއަށް ދިޔުމުން އޭނާވަނީ ކޮޓަރީގެ ފެން ލައިޓް ހަލާކުކޮށްލައިގެން ފިލާފަ އެވެ. ނަމަވެސް އެރޭ ފުލުހުން ކުރި މަސައްކަތުން އޭނާ ހައްޔަރުކުރީ ދަރުބާރުގެ ކައިރީގައި ހުރި ޖޯލި ފައްޗެއްގައި އިންދައެވެ.

ޝާން ހައްޔަރުކޮށް ފުލުހުން އޭނާގެ ހަށިގަނޑު ފާސްކުރި އިރު މަސްތުވާތަކެތިކަމަށް ތުހުމަތުކުރެވޭ އެއްޗެއްހުރި 24 ރަބަރު ޕެކެޓް ފެނުނެވެ.