ރަށްދެބައިމަގުގައި ހުންނަ މަސްޖިދުއް ޔޫސުފް ބަރުބަރީ މިސްކިތުގައި ރޭ މަރުވެފައި އޮއްވައި ފެނުނު މީހާ އަކީ ބަނގުލަދޭޝް މީހެއްކަން ޔަގީން ކުރެވިއްޖެ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ސަން އަށް ވިދާޅުވީ މަރުވެފައި އޮއްވައި ފެނުނު މީހާ އަކީ ބަނގުލަދޭޝްގެ މީހެއް ކަމަށާއި އޭނާ މިހާރު އޮތީ މޯޗަރީގައި ބާއްވާފައި ކަމަށެވެ. އެބިދޭސީ މީހާގެ ބަލަދުވެރި ފަރާތެއް އަދި މިހާތަނަށް ހޯދިފައި ނެތް ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

މިހާތަނަށް ބެލިބެލުމުން އޭނާ މަރުވެފައި ވަނީ ގުދުރަތީ މަރަކުން ކަމަށް ބެލެވޭ ކަމަށް ވެސް ޑޮކްޓަރުންނާ ހަވާލާދީ ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

"ޑޮކްޓަރުން ވިދާޅުވަނީ އެއީ ގުދުރަތީ މަރެއް ކަމަށް، އޭނާ އަށް އަނެއްހެން ނެތް ހަށިގަނޑުގެ ބޭރުން މާބޮޑުގެ އަނިޔާއެއް ފެންނާކަށް ވެސް، އެކަމަކު އަނގަމަތިން ޒަހަމެއް ފެނަން ހުރި، ބެލެވެނީ މަރުވެގެން ވެއްޓުނު ގަޑީގައި ކަމަށް އެހެންވެފައި އެހުރީ،" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

މިސްކިތު ފާހާނާ ތެރޭގައި އޭނާ މަރުވެފައިއޮއްވައި ފެނިފައި ވަނީ ރޭ އިރާކޮޅު އެވެ.