05 Oct 2014, 22:50
ބަރަހަނާ ފޮޓޯއާ ވީޑިއޯ ގެންގުޅުނު މައްސަލައަކާ ގުޅިގެން އައްޑޫ ސިޓީ ފޭދޫން ނުވަ ކުއްޖަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ބަރަހަނާ މަންޒަރު ހިމެނޭ ފޮޓޯއާ ވީޑިއޯ ގެންގުޅުނު މައްސަލައަކާ ގުޅިގެން 18 އަހަރުން ދަށުގެ ނުވަ ކުއްޖަކު މިއަދު 2:00 އެހައިކަންހާއިރު ހައްޔަރުކޮށްފައިވާ ކަމަށެވެ.
އެ މައްސަލައާ ގުޅޭ އިތުރު މައުލޫމެއް ފުލުހުން ހިއްސާކޮށްފައެއް ނުވެއެވެ.