05 Oct 2014, 21:19
މާލޭގެ މިސްކިތެއްގެ ފާހާނާ ތެރޭގައި މަރުވެފައި އޮތް މީހަކު ފެނިއްޖެ އެވެ.
ފުލުހުން މީޑިއާ އޮފިޝަލް ވިދާޅުވީ އޭނާ މަރުވެފައި އޮށްވައި ފެނިފައި ވަނީ މިރޭ ކަމަށާއި އޭނާ ފެނުނީ ރަށްދެބައިމަގުގައި ހުންނަ މަސްޖިދުއް ޔޫސުފް ބަރްބަރީ އިން ކަމަށެވެ.
"މިހާރު އޭނާ ވަނީ ހޮސްޕިޓަލްއަށް ގެންގޮސް މަރު ޔަގީން ކުރެވިފައި،" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
ފުލުހުން ބުނީ އެއީ ކާކުކަން އަދި ނޭނގޭ ކަމަށާއި ބޮޑަށް ބެލެވެނީ އުމުރުން 30 އަހަރާއި 45 އަހަރާއި ދޭތެރޭ އުމުރެއްގެ ބިދޭސީއެއް ކަމަށެވެ.