01 Oct 2014, 13:37
ބަންޑާރަ ނައިބު މުހައްމަދު އަނިލް އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް(އައިޖީއެމްއެޗް) އަށް ވަޑައިގެން އެ ހޮސްޕިޓަލްގައި އެޑްމިޓުކޮށްފައި ތިބި އުމުރުން ދުވަސްވީ މީހުންނާ ބައްދަލުކުރައްވައިފިއެވެ.
މިއަދު މެންދުރު 12:30 އެހައިކަންހާއިރު ބަންޑާރަނައިބު އައިޖީއެމްއެޗަށް ކުރެއްވި ޒިޔާރަތުގައި އުމުރުން ދުވަސްވީ މީހުންގެ އިތުރުން އެތަނުގައި އެޑްމިޓުކޮށްފައި ތިބި އެހެނިހެން މީހުންނާ ވެސް ބައްދަލުކުރައްވައި އެމީހުންގެ ހާލުއަހުވާލު ބައްލަވައިލެއްވިއެވެ.
އެ ބައްދަލުކުރެއްވުމުގައި އެމަނިކުފާނު ވަނީ ބަލި މީހުންނަށް ޚާއްސަ ހަދިޔާއެއް ވެސް ފޯރުކޮށްދެއްވައިފައެވެ. އަދި އެމަނިކުފާނު ވަނީ އެ ހޮސްޕިޓަލްގައި މަސައްކަތްކުރައްވާ ބައެއް ނަރުހުންނާ ވެސް ބައްދަލުކުރައްވައިފައެވެ.

ޝިދާތާ ވިދާޅުވީ މާލެއާއި އަތޮޅުތަކުގެ ބައެއް ސްކޫލްތަކުގެ އެސެމްބްލީގައި ދުވަހާ ގުޅޭގޮތުން ޚާއްސަ މެސެޖުތަކެއްދީފައިވާ ކަމަށެވެ.
"މައިގަނޑުގޮތެއްގައި ސްކޫލްތަކަށް އަމާޒުކޮށް އަޅުގަނޑުމެން މިދޭ މެސެޖަކީ ދަރިވަރުންނަކީ މިފަދަ ކަންކަމަށް އަހުލުވެރި އަދި މުޖުތަމައު ތެރޭގައި އޯގާތެރި، ދުވަސްވީ މީހުންނަށް ވެސް އެމީހުންނަށް ލިބިދޭންޖެހޭ ހައްގުތަކާ ރައްކާތެރިކަން ލިބޭ ބައެއްގެ ގޮތުގައި އެ ދަރިވަރުން ވެސް ތަމްރީނުކޮށްދީ އެފަދަ މައުލޫމާތު ހިއްސާކުރުން،" ޝިދާތާ ވިދާޅުވިއެވެ.
އުމުރުން ދުވަސްވީ މީހުންގެ ދުވަހާ ގުޅުވައިގެން އެހެން އިދާރާތަކާ ގުޅިގެން މުޖުތަމައު ހޭލުންތެރިކުރުމުގެ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި އެ މިނިސްޓްރީން ބޭނުންވަނީ ގާނޫނީގޮތުންނާއި ޚިދުމަތުގެ ގޮތުން އުމުރުން ދުވަސްވީ މީހުންނަށް ދޭންޖެހޭ ގަދަރާއި އިހުތިރާމް މުޖުތަމައު ތެރޭގައި އިތުރުކޮށް އެމީހުންގެ ހައްގުތައް ރައްކާތެރިކުރުމަށް މަސައްކަތް ކުރަން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
