ޖަސްޓިސް އިމާރާތުގައި ހިންގާ ތިން ކޯޓުގެ ރިސެޕްޝަން ގްރައުންޑް ފްލޯއަށް ބަދަލުކޮށް އެތަނުގައ ވޯކް ތުރޫ މެޓަލް ޑިޓެކްޓާ ސިސްޓަމެއް ގާއިމްކޮށްފި އެވެ.

ޖަސްޓިސް އިމާރާތުގެ ގްރައުންޑް ފްލޯއަށް މިދިޔަ ހަފްތާގައި ސިވިލް ކޯޓާއި ކްރިމިނަލް ކޯޓާއި ފެމިލީ ކޯޓުގެ ރިސެޕްޝަން ބަދަލުކޮށްފައިވާ އިރު ހިދުމަތް ހޯދުމަށް އަންނަ މީހުން ތިބުމަށް ވަނީ ގޮނޑި ވެސް ޖަހައިފަ އެވެ.
މީގެ ކުރިން ޖަސްޓިސް އިމާރާތަށް ހިދުމަތް ހޯދުމަށް އަންނަ މީހުން ގިނަ އިރުތަކެއް މަޑު ކުރަންޖެހި ބައެއް މީހުންނަށް ހިދުމަތް ނުލިބިވެސް ދެ އެވެ. އެކަމަކު ރިސެޕްޝަންތައް ތިރިއަށް ބަދަލު ކުރުމުން ހިދުމަތް ހޯދުމަށް ފަސޭހަވެފައިވާ ކަމަށް ބައެއް މީހުން ބުންޏެވެ.

މިދިޔަ ހަފްތާގައި ޖަސްޓިސް އިމާރާތުގައި ވަނީ ސެކިއުރީޓީ ބެލެހެއްޓުމަށް "ވޯކް ތްރޫ" މެޓަލް ޑިޓެކްޓާއެއް ވެސް ހަރުކޮށްފަ އެވެ. އަދި ފުލުހުން ވަނީ ކޯޓުގެ އޮފިސަރުންނަށް އެ ސިސްޓަމް ބޭނުންކުރާނެ ގޮތުގެ ތަމްރީނު ވެސް ދީފަ އެވެ.

މި ހަފްތާގައި އެ ސިސްޓަމް ބޭނުން ކުރަން ފެށޭނެ ކަމަށް ކޯޓު އޮފިޝަލުން ބުނެ އެވެ.