29 Sep 2014, 23:12
ގެއްލިގެން ހޯދަމުންދާ މިނިވަން ނޫހުގެ ނޫސްވެރިޔާ މ. ޝައިނިންގް ސްޓާ އަހުމަދު ރިޟްވާން ޢަބްދުﷲގެ ހޯދައި ނުފެނިފައިވާ މައްސަލާގައި އިތުރު މީހަކު މިއަދު ހައްޔަރުކޮށްފި އެވެ.
ރިޟްވާން މައްސަލާގައި ތިން މީހަކު މިދިޔަ ހޮނިހިރު ދުވަހު ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ. އެ މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުވެސް ކޮށްފަ އެވެ.
ފުލުހުން ބުނީ ރިޟްވާން މައްސަލާގައި މިއަދު ހައްޔަރު ކުރީ 25 އަހަރުގެ ޒުވާން ފިރިހެނެއް ކަމަށެވެ.
ރިޟްވާން މައްސަލާގައި ހައްޔަރު ކުރި އެއްވެސް މީހެއްގެ ވަނަވަރެއް ފުލުހުންހާމައެއް ނުކުރެ އެވެ. ރިޟްވާން ގެއްލިގެން ހޯދަމުންދާތާ މިއަދަށް ވަނީ 52 ދުވަސް ވެފަ އެވެ. އޭނާ ގެއްލިގެން ހޯދަމުންދާ މައްސަލާގައި ފުލުހުން ވަނީ ހުޅުމާލެ އާއި މާލޭގެ އެކި ސަރަހައްދުތައް ބަލައި، ސީސީޓީވީ ކެމެރާތަކުގެ ވީޑިއޯތަކެއް ހޯދާފަ އެވެ. ފުލުހުންގެ ތަހުގީގަށް ލިބިފައިވާ ބައެއް ހެކިތައް އިތުރަށް ދިރާސާ ކުރުމަށްޓަކައި ވަނީ ރާއްޖެއިން ބޭރަށް ވެސް ފޮނުވާފަ އެވެ.